ކ. މާލެ
|
19 މާރޗް 2024 | އަންގާރަ 18:18
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރޮއިޓާސް
ފުޓްބޯޅަ
ގްރިއެޒްމަންގެ ދުނިޔޭގެ ރެކޯޑަށް ނިމުން އަތުވެއްޖެ
އޭނާ ވަނީ ވިދިވިދިގެން 84 މެޗު ފްރާންސަށް ކުޅެދީފައި

ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އައި އެންޓޮއިން ގްރިއެޒްމަން ހެދި ދުނިޔޭގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

އެކުވެރިކަމުގެ މެޗެއްގައި ފްރާންސުން ޖަރުމަނާއި ޗިލީއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން ގްރިއެޒްމަން މިހާރު ވަނީ އުނިކޮށްފަ އެވެ. ފްރާންސް ޓީމުން އޭނާ އުނިކޮށްފައިމިވަނީ ވިދިވިދިގެން 84 މެޗު ފްރާންސްގެ ގައުމީ ޓީމަށް ކުޅެދީފައިވަނިކޮށެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. މި ފަހަރުގެ ސްކޮޑުން އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް އުނިކުރީ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

ގްރިއެޒްމަން ވަނީ މިހާތަނަށް ފްރާންސްގެ ގައުމީ ޓީމަށް 127 މެޗު ކުޅެދީފަ އެވެ. އަދި 32 އަހަރުގެ ފޯވަޑް ވަނީ މިހާތަނަށް 44 ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ ހަތަރު ވަނަ އަށް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ގްރިއެޒްމަން ފްރާންސްގެ ގައުމީ ޖާޒީގައި އެންމެ ފުރަތަމަ ފެނުނީ 2010 ވަނަ އަހަރު 19 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން 20 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅުމަށްފަހު ފްރާންސްގެ ސީނިއާ ޓީމަށް އޭނާ ފުރަތަމަ ފަހަރަށް ކުޅުނީ 2014 ވަނަ އަހަރު އެވެ.

އޭނާ ވަނީ ރެއާލް ސޮސިއެޑާޑް އާއި އެތްލެޓިކޯ މެޑްރިޑް އަދި ބާސެލޯނާ އަށް ކުޅެދީފަ އެވެ. ކުލަބު ލެވެލްގައި އޭނާ ވަނީ މިހާތަނަށް 522 މެޗު ކުޅެދީ، 191 ގޯލު ޖަހައިދީފަ އެވެ.

- ކޮމެންޓް