ކ. މާލެ
|
19 މާރޗް 2024 | އަންގާރަ 12:05
ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކުގައި ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ
ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކުގައި ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ޝަހީދުވޭ
އަނަދޮލޫ
ޣައްޒާގެ އިސްއޮފިސަރަކު ޝަހީދުކޮށްލުން
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
 
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 73،800 އެއްހާ މީހުން ވަނީ ޒަޚަމްވެފައި

ޣައްޒާގެ އުތުރުގައި އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ބްރިގޭޑިއާ ޖެނެރަލް ފައިގު އަލް މަބޫހު ޝަހީދުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ޤަބީލާތަކާއި އދ.ގެ އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (އަންރުވާ) އާއި އެކު ޣައްޒާގެ އުތުރުގެ ސަރަޙައްދަށް އިންސާނީ އެހީ އެތެރެވުން ކޯޑިނޭޓް ކުރުމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވީ އަލްމަބޫހު ކަމަށެވެ.

މި ޖަރީމާއިން ދޭހަވަނީ އިސްރާއީލުން ޣައްޒާގައި ހަލަބޮލިކަން ފެތުރުމަށާއި ޣައްޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގައި ތިބި އެތައް ހާސް ރައްޔިތުންނަށް އިންސާނީ އެހީ ގެނައުން ހުއްޓުވަން މަސައްކަތް ކުރާކަން
އެ ބަޔާނުގައިވޭ

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ވެރިޔާ ވެސް މަރާލާފައިވާ ކަމަށް ބުނެފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އައްޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ބައެއް ލީޑަރުން ތިބި ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެގައުމުގެ އެތެރޭގެ ސަލާމަތީ ހިދުމަތްތަކާއި ޝިން ބެޓާއި މިލިޓަރީ އިންޓެލިޖެންސް އިން ލިބިފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހޯމަ ދުވަހުގެ ފަތިހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހާލުގައި ޖެހިފައިވާ އެތައް ހާސް ބަލި މީހުންނާއި ޒަހަމްވި އެތައް ހާސް ބަލި މީހުންނާއި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ހޮސްޕިޓަލަށް އެގައުމުގެ ސިފައިން ވަދެފައިވާ ކަމަށެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ބުނި ގޮތުގައި އެ ތަނުން ފަލަސްތީނުގެ ގާތްގަނޑަކަށް 80 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި އިސްރާއީލުން ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭންފަށައިފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 73،800 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލި، ކާބޯތަކެއްޗާއި ސާފު ފެންނުލިބި ބޭސްފަރުވާގެ ކަންކަން ހުއްޓުމަކަށް އައިސްފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް