ކ. މާލެ
|
18 މާރޗް 2024 | ހޯމަ 12:20
އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ
މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލްތައް، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ޚާއްސަ ޓެކްސީއެއްވެސް ހަމަޖައްސާފައިވޭ
 
މިމައްސަލައިގައި ގިނަ ބަޔަކަށް ތުހުމަތުކުރެވޭ
 
ހައްޔަރުކުރި މީހުންނަކީ އާމްދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރާ ބައެއް ނޫން
 
28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައި

ބޮޑެތި ކުށްތަކަށް އަރިގަތުމަށް ޖަޒީރާގެ އެކި ނަން ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްތަކަކީ މިހާތަނަށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މިފަދަ ގޮތަކަށް ހިންގި ޗެނަލްތައް ކަމަށާއި، ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ޚާއްސަ ޓެކްސީއެއް ހަމަޖައްސާފައިވާކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިބަރ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، ޓެލެގްރާމް ޗެނަލްތައް އުފައްދައިގެން ގާނޫނާ ހިލާފު ކަންތައްތައް ހިންގާ ކަމަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާ، 6 މާރިޗް 2024 ގައި ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތުގައި މި މަހުގެ 6 ވަނަ ދުވަހު އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.

އިންސްޕެކްޓަރ އާމިނަތު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ އާމްދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރާ ބައެއް ނޫން ކަމަށާއި ނަމަވެސް އެކައުންޓްތަކުން ގިނަ އަދަދެއްގެ މުއާމަލާތްކޮށްފައިވާ ކަަމަށެވެ. އަދި އެކަކަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން ގިނަ ބަޔަކަށް ތުހުމަތުކުރެވޭކަން ފާހަގަކުރައްވައި އާމިނަތު ވިދާޅުވީ އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.

މި ޗެނަލްތައް ހިންގާ މައްސަލާގައި ވަނީ އޮޕަރޭޝަނެއް ހިންގާފައި. މި އޮޕަރޭޝަންގައި ހަތަރުތަނެއް ބަލާފާސްކުރެވި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވޭ. އޭގެތެރޭގައި 28 އަހަރުގެ ފިރިހެނެއް 39 އަހަރުގެ އަންހެނަކު ހިމެނޭ. މިމައްސަލާގައި މިމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަނީ ލޯންޑަރިންނާއި ޑްރަގް ޓެރެފިކްނާއި، ހަށި ވިއްކުމާއި، ހަށިވިއްކުން ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި، އޮރިޔާން ކާޑު ބެހުމާއި, ފޯޖް ޑޮކިއުމަންޓް ތައްޔާރުކުރުމާއި އަދި މީގެ އިތުރުން ވެސް އެކިއެކި ހޮސްޕިޓަލްތަކުގެ ނަމުގައި އެމްސީ އުފެއްދުމުގެ މައްސަލަތައް. އެގޮތުން މިމައްސަލާގައި ފައިނޭންޝަލް ޓްރާންސެކްޝަންތަކަށް ބަލާއިރު މިމީހުން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކުރެވޭ. ނަމަވެސް މިމީހުންގެ އެކައުންޓުތަކުގައި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްސެކްޝަންތައް ހިންގާފައިވާކަން ފާހަގަކުރެވޭ. މީގެ ތެރެއިން އެކަކީ ކުށުގެ ރިކޯޑު މީގެ ކުރިން އޮންނަ ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ ފަރާތެއްކަން ފާހަގަކުރެވޭ. އެގޮތުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ފެށި މިޗެނަލްއިން ޚިދުމަތް ހޯދުމަށްޓަކައި ގިނަ ފަރާތްތަކުން މިޗެނަލްއަށް މެސެޖް ކުރާކަން ފާހަގަކުރެވޭ
ސައިބަރ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުހައްމަދު

އިންސްޕެކްޓަރ އާމިނަތު ވިދާޅުވީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހިންގަން ފެށި މި ޓެލެގްރާމް ޗެނަލްތައް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި، މި ގްރޫޕްތަކުގައި 7000 ވުރެ ގިނަ މީހުން ތިބި ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށްޓަކައި ރާއްޖެއިން ބޭރުން އަންހެނުން ގެނެސްފައިވާ ކަމަށާއި، މިކަމަށް އެއް ޓެކްސީ ޚާއްސަކޮށްފައިވާ ކަމަށެވެ. އަދި މިކަންކަން ކުރުމަށް ދުވާލުގެ މެންދުރު ވަގުތު ޓެލެގްރާމް ޗެނަލްތަކުގައި ޕޯސްޓްތައް އިސްތިހާރުކޮށްފައިވާ ކަމަށެވެ.

އިންސްޕެކްޓަރ އާމިނަތު ވިދާޅުވީ މިއީ، ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާދާއިރާގައި ހިންގި ޗެނަލްތައް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި