ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 13:37
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު
ރައީސް އޮފީސް
ކައުންސިލް މިނިސްޓްރީ
ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ކައުންސިލް މިނިސްޓްރީން ކުރާ ކަމެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައި
 
ޕްރޮޖެކްޓް ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމު މިހާރު ކައުންސިލް މިނިސްޓްރީގައި ޤާއިމު ކޮށްފައިވޭ
 
މުޅި ޕްރޮޖެކްޓުގެ ސްޓޭޓަސް ދެނެގަނެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވި

ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ކައުންސިލް މިނިސްޓްރީން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހަމަޖައްސަވާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމަކީ ކައުންސިލް މިނިސްޓްރީން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެހެންކަމުން، މުޅި ޕްރޮޖެކްޓުގެ ސްޓޭޓަސް ދެނެގަނެ، ޕްރޮޖެކްޓް ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމު މިހާރު ކައުންސިލް މިނިސްޓްރީގައި ޤާއިމު ކޮށްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، 2025 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ޤާއިމު ކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް