އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރިޝްވަތު ހިއްޕެވި މައްސަލައެއް އިސްރާއިލްގެ ފުލުހުން ބަލަން ފަށައިފިއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އިސްރާއިލްގެ ފުލުހުން އެ ޤައުމުގެ ކޯޓަށް ހުށަހަޅާފައިވާ ލިޔުމުގައިވާ ގޮތުން، ރިޝްވަތު ހިފުމާއި މަކަރާއި ހީލަތުގެ މައްސަލައެއްގައި ނަތަންޔާހޫ މައްޗަށް ވަނީ ތުހުމަތުތަކެއް ކުރެވިފައެވެ.
ނަތަންޔާހޫ އަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވަނީ އުސޫލުތަކުގެ ބޭރުން ވިޔަފާރިވެރިއެއްގެ އަތުން އެތައް ހާސް ޑޮލަރެއް ހަދިޔާގެ ގޮތުގައި ބަލައިގެންފައިވާތީއެވެ.
ފުލުހުންވަނީ ނަތަންޔާހޫގެ ގެ ކޮޅުގެ ޙަރަދުތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި އޭނާގެ އަނބިކަބަލުން ސާރާއާ ސުވާލުކޮށްފައެވެ. ނަތަންޔާހޫގެ އޮފީހުންވަނީ އެމަނިކުފާނުގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކީ ސަރުކާރު ވައްޓާލުމަށްޓާކައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ނަތަންޔާހޫ ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހްމަތު ކޮށްފައިވާ ތުހުމަތުތަކަކީ ދޮގެއް ކަމަށެވެ.
ނަތަންޔާހޫ ނިސްބަތް ވެވަޑައިގަންނަވާ ޕާޓީ ލިކޫދު ޕާޓީން ބުނެފައި ވަނީ އެމަނިކުފާން އިިސްތިއުފާ ދެއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެމަނިކުފާންގެ ކުށެއް ނެތްކަން ސާބިތުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަަމަށެވެ.
އެ ފާޓީއިން ވަނީ ތަހްޤީޤް ލަސްވަމުންދާތީ މުޒާހަރާއަށް ނިކުތުމަށް، ޕާޓީގެ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.