ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 05:00
މެޗުގައި ލަނޑު ޖެހުމަށްފަހު ސުއަރޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސުއަރޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
އެމެރިކާ ލީގު
ސުއަރޭޒްގެ ދެ ލަނޑާއެކު، އިންޓަ މިއާމީ އަށް މޮޅެއް
މެޗުގައި މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވޭ

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ޑީސީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑީސީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޑީސީ ޔުނައިޓެޑުންނެވެ. ނަމަވެސް މިއާމީން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގައި މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވެ އެވެ.

މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ޑީސީ ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޖަރޭޑް ސްޓްރޫޑް އެވެ. އޭގެ ދިހަ މިނެޓު ފަހުން މިއާމީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލިއޮނާާޑޯ ކަމްޕަނާ އެވެ. މެޗުގައި މިއާމީގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މިއާމީގެ އަނެއް ދެ ލަނޑު ވެސް ޖެހީ އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ. އޭނާ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މޮޅާއެކު މިއާމީން ވަނީ އެމެރިކާ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. މިއާމީ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން ދެ ވަަނައިގައި ކޮލަމްބަސް އަށް ލިބެނީ ހަތް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް