ކ. މާލެ
|
15 މާރޗް 2024 | ހުކުރު 20:53
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭ ބޯޓު
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭ ބޯޓު
ހެލްތު މިނިސްޓްރީ
އެއަރ އެމްބިޔުލަންސް
އެއަރ އެމްބިޔުލަންސް ބޭނުންކޮށްގެން 25ށް ވުރެ ގިނަ މެޑިކަލް ދަތުރުކޮށްފި
އެއަރ އެމްބިޔުލަންސްގެ ޚިދުމަތް ފަށާފައިވަނީ މަރޗް މަހުގެ 1 ވަނަ ދުވަހު

ސަރުކާރުގެ ވައުދާ އެއްގޮތަށް ފަށާފައިވާ އެއަރ އެމްބިޔުލަންސް ބޭނުންކޮށްގެން 25ށް ވުރެ ގިނަ މެޑިކަލް ދަތުރު ފުރިހަމަކޮށްފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ޑޭޝް8-200 މަރުކާގެ މަތިން ބޯޓު ބޭނުންކޮށްގެން އެއަރ އެމްބިޔުލަންސްގެ ޚިދުމަތް ފަށާފައިވަނީ މަރޗް މަހުގެ 1 ވަނަ ދުވަހުއެވެ. އޭގެފަހުން ގައުމީ އެއަރލައިން، މޯލްޑިވިއަނުން އެއަރ އެމްބިޔުލަންސްގެ ޚިދުމަތަށް ސީޕްލޭން މަތިންބޯޓެއް ވަނީ އިތުރުކޮށްފައެވެ. ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރާނެކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ DHC-8-200 މިބޯޓާއެކު ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

ސީ ޕްލޭންގެ ޚިދުމަތް މަރޗް 15 ވަނަ ދުވަހު ވަނީ ފަށާފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މި ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ހުރުމުގެ އިތުރުން ޒަމާނީ އިމަޖަންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިހުންނާނެކަމަށެވެ.

މި ޚިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު، ތަމްރީން ކޮށްފައިވާ 15 ސިއްހީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

މިހާރު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމްކުރެވި ކުރިއަށް ގެންދެވޭނެއެވެ.

- ކޮމެންޓް