ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 07:45
އުރީދޫ އެއަރ އެމްބިއުލާންސަށް ސާމާނު ހަދިޔާކުރުން
އުރީދޫ އެއަރ އެމްބިއުލާންސަށް ސާމާނު ހަދިޔާކުރުން
އުރީދޫ
އެއަރ އެމްބިއުލާންސް
އުރީދޫއިން ރާއްޖޭގެ އެއަރ އެމްބިއުލަންސް ޚިދުމަތަށް 16 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ހަދިޔާ ކޮށްފި
އެއަރ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދެވިފައި
16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް  ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ އިންވެސްޓްމަންޓެއް

ޤައުމީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް 16 މިލިއަން ރުފިޔާގެ ޚާއްޞަ މެޑިކަލް އިކުއިޕްމަންޓްތައް ޙަވާލުކޮށް، ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދީފިއެވެ.

މިއީ އުރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސިއްހީ ހިދުމަތަށް އެހީވުމަކީ އުރީދޫގެ ސީއެސްއާރގެ މައިގަނޑު އެއް ތަނބެވެ.

އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު 2024 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހު ފެށުނު އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ސިއްހީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި ވަރަށް މުހިންމު ލައިފްލައިނެއްކަން މިހާރުވެސް ވަނީ ސާބިތުވެފައެވެ. މިދިޔަ މާޗް މަހު އުރީދޫއިން ފޯރުކޮށްދިން ޒަރޫރީ ސާމާނަކީ މި ހިދުމަތް ކާމިޔާބުކަމާއެކު ތައާރަފްކުރުމަށް މަގުފަހިކޮށްދިނުމުގައި ވަރަށް މުހިންމު ބެޗެކެވެ. އެއަރ އެމްބިއުލާންސް ފެށުނީއްސުރެ މިހާތަނަށް 436 ކޭސް ގައި، 517 ޕޭޝަންޓުން މިހާރުން މިހާރަށް ބޭނުންވާ ފަރުވާއަށް ވަނީ ގެންގޮސްދެވިފައެވެ.

މި ހިދުމަތުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން އެއާ އެމްބިއުލާންސްގެ ގާބިލްކަން އިތުރުކުރުމަށް އިތުރު ސާމާނު ވަނީ ފޯރުކޮށްދީފައެވެ. ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ މި އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހަރުދަނާ ގޮތެއްގައި އިޖާބަ ދިނުމުގެ ހިދުމަތުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ބެޗެކެވެ.

މިއަދު އުރީދޫއިން އެއާރ އެމްބިއުލާންސް ޚިދުމަތަށް  ފޯރުކޮށްދިން މި އަގުހުރި އެހީއަކީ ވިޔަފާރިތަކުން އިންސާނިއްޔަތުކަމަށް އިސްކަންދީގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް. ދިވެހި ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް އިންވެސްޓްކޮށްގެން، ތިޔަބޭފުޅުން އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ކޮންމެ ދިވެއްސަކަށްވެސް، އަޅާލާ، އަގުވަޒަންކޮށް، ރައްކާތެރިކަން އިހްސާސްކޮށްދީގެން . ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޯލްޑް ސްޓޭންޑަޑެއް ތިޔަބޭފުޅުން ކަނޑައަޅުއްވައިފި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެހެން ފަރާތްތަކުންވެސް މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކުރުމުގައި ތިޔަ ބޭފުޅުން ތިދެއްކެވި ނަމޫނާ ބެއްލެވުން.
މިނިސްޓަރ އޮފް ހެލްތް، އަބްދުﷲ ނާޒިމް އިބްރާހިމް

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް  ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ އިންވެސްޓްމަންޓެއް ކަމަށެވެ.

މުޖުތަމައުގެ އެންމެ މުހިންމު ބޭނުންތައް ފުއްދުމައްޓަކައި ޕާޓްނަޝިޕް ތަކަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އުރީދޫއިން ގަބޫލުކުރަން. ޞިއްޙީ ޚިދުމަތަކީ އަސާސީ ޙައްޤެއް ކަމަށްވުމާއިއެކު، އެއަރ އެމްބިއުލާންސްގެ ޚިދްމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ  މަސައްކަތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް  ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއަރ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ޞިއްޙީ ޚިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ  ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަންދޭ ކަމެއް.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ

އެންމެ ޒަމާނީ މެޑިކަލް ޑިވައިސްތައް ހިމެނޭ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ނާޒުކު ހާލަތްތަކުގައި ބަލި މީހުން އުފުލާ ވަގުތު އިމަޖެންސީ ފަރުވާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. މި އިތުރު އާލާތްތަކާއެކު މި ހިދުމަތުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.  

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރމުންދާ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް