ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 16:48
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސީޕްލޭން
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ސީޕްލޭން
ހެލްތު މިނިސްޓްރީ
އެއަރ އެމްބިއުލާންސް
އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަނީ
އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމަށް ނިންމާފައިވަނީ ހުކުރު ދުވަހު

އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމަށް ނިންމާފައިވަނީ ހުކުރު ދުވަހުއެވެ. އަދި އެކަމަށް ބޭނުންވާ ސީޕްލޭން ބޭރުގައި ކުލަ ހާކާ ލޯގޯ އަދި ނަންވެސް ވަނީ ޖަހާފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ހެލްތް މިނިސްޓްރީން އާންމު ނުކުރެއެވެ. އަދި ބޭނުންކުރަނީ ކިތައް ބޯޓުކަމެއްވެސް ހާމައެއް ނުކުރެއެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ 1 މާޗުގައެވެ. މި ޚިދުމަތް ދޭ ބޯޓުގައި މެޑިކަލް އިމަރޖެންސީގެ ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާރޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު، ތަމްރީން ކޮށްފައިވާ 15 ސިއްހީ ޚިދުމަތްތެރިއަކު ހަރަކާތްތެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރާނެކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކުރެވިފައިވާ DHC-8-200 މިބޯޓާއެކު ޚިދުމަތް ފެށުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

މިހާރު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްގެ ނިޒާމްގެ ތެރެއަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއަރ ކޯޑިނޭޓްކުރުމުގެ އިންތިޒާމް ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ނިޒާމް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމްކުރެވި ކުރިއަށް ގެންދެވޭނެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދޭނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.

- ކޮމެންޓް