Advertisement
ކ. މާލެ
|
13 މާރޗް 2024 | ބުދަ 09:20
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސަ
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ - އީސަ
މިފަދަ މައްސަލަތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ކެނޑިޑޭޓުންނަކީ ކޮބައިކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާން އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެއް ދާއިރާއަކަށް ވާދަކުރާ އެތައް ބަޔަކު ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އީސަ ވަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓް ނޫން އެހެން ކެންޑިޑޭޓުންނަށް ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން އިސް ފަރާތްތަކުން ކެމްޕެއިން ކުރާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ވަނީ އެފަދަ ބައެއް ކެންޑިޑޭޓުން އެންޑޯސްކުރައްވާފައިވާކަމަށް ވާހަކަދެކެވޭ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

Advertisement

ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ޕަބްލިކް ފޯރަމްގައި މީހަކު ވަނީ މިކަމާއި ގުޅޭގޮތުން ރައީސަށް ސުވާލެއް ދަންނަވާފައެވެ. ނަމަވެސް އެ ސުވާލަށް ރައީސް ޖަވާބެއް ނުދެެއްވައެވެ.

ސަރުކާރުން ޕްރޮމޯޓްކުރާ ހަގީގީ ކެންޑިޑޭޓުންނަކީ ކޮބައިކަން ސަރުކާރަށް ނޭނގޭ. ސަރުކާރު ކެންޑިޑޭޓުން ސާފުކުރުމުގެ ސުވާލަށް ރައީސަށް ޖަވާބުދެއްވޭހެން ވެސް ހީނުވޭ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

މި މައްސަލައިގައި ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައެވެ. އަދި ޕީއެންސީގެ ޓިކެޓު ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބާ, ރައީސްގެ ކެންޑިޑޭޓުންގެ ގޮތުގައި އިތުރު ބަޔަކު ނެރެ، ސަރުކާރުގެ އިސް ވަޒީރުން މެދުވެރިކުރައްވާ އެ މީހުން ޕްރޮމޯޓް ކުރަމުންދާ މައްސަލަ ވަނީ ބޮޑުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް