ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 18:04
"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ 
"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ 
ރާއްޖެއެމްވީ
ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުން
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
 
މި ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހާމަކުރުން ހުއްޓާލާފައިވާ ކަމަށާއި ޤައުމުތަކާއި އެކު ވާ އެއްބަސްވުންތައް ވެސް ހާމަ ނުކުރައްވާކަމަށް އީސަ ވިދާޅުވި

ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް  "މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އީސަ ވިދާޅުވީ މި ސަރުކާރުން ތަކުރާރުކޮށް ދޮގާއި މަކަރު ހަދަމުންދާ ކަމަށެވެ. އަދި ވޯޓު ހޯދުމަށްޓަކާ ސިޔާސީ އެތައް ފިއްތުންތަކަކާއި ކުރިމަތިކުރުވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާގައި ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި މެދު އީސަ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ސަރުކާރު ވެެރިކަމަށް އައީ 700 އަށް ވުރެ ސިޔާސީ މަޤާމުތައް އިތުރު ނުކުރާނެކަަމަށް ބުނެ ވެރިކަމަށް އައި ސަރުކާރެއް ކަމަށް ވީ ނަމަވެސް މިހާ ގިނައިން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ މަޤާމްތަކަށް މީހުން އައްޔަން ކުރި ސަރުކާރެއް ނެތް ކަަމަށް އީސަ ވިދާޅުވިއެވެ. 200-300 މިލިއަނެއްހާ ރުފިޔާ ސިޔަސީ މީހުންގެ މުސާރައަށް ކުރާ ހޭދައިން އިތުރުކޮށްފައިވާ ކަަމަށް އީސަ ވިދާޅުވިއެވެ.

އަދި 2000 އަށް ވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެ އަދަދު އެތައް ގުނައެއް އިތުރުވަމުންދާ ކަަމަށް އީސަ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވަޒީފާ އަށް މީހުން ނަގަމުންދަނީ ދެ ފުށް ފެންނަ އުސޫލެއް ނެތިކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާ އަށް މިހާރު ނަގާ އެތައް ބަޔަކު އިންތިޚާބު ނިމުމުން ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އީސަ ވިދާޅުވިއެވެ. އަދި އިންތިޚާބާއި ގުޅިގެން ކުރާ ދަތުރުތަކަށް ޚަރަދު ކުރަނީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ސަރުކާރުން ދައުލަތުގެ ޚަރަދުތައް ހާމަކުރުން ހުއްޓާލާފައިވާ ކަމަށާއި ޤައުމުތަކާއި އެކު ވާ އެއްބަސްވުންތައް ވެސް ހާމަ ނުކުރައްވާކަމަށް އީސަ ވިދާޅުވިއެވެ. އެ މައުލޫމާތުތައް ހޯދަން މަސައްކަތް ކުރުމުން އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް އީސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ
ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަހުރި، މައްސަލަ ބަލަން ޖެހޭ - އީސަ
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ "ރާޖޫ" އަށްޓަކައި، އެކަން ބަދަލުކޮށްދެއްވާ - އީސަ
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ
ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށްވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލައިފި - އީސަ
ޑްރޯން ގަތުމަށްޓަކައި 30 މިލިޔަން ޑޮލަރު ހޭދަވި، އެއީ މަޖިލިސް އިންތިޚާބަށް ފައިސާ ހޯދަން ކުރި ކަމެއް - އީސަ
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ - އީސަ
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެނުނީ ރައްޔިތުންނަށް ދޮގާއި މަކަރާއި އޮޅުވާލިތަން: އީސަ