ކ. މާލެ
|
12 މާރޗް 2024 | އަންގާރަ 08:46
މާލޭ ސަރަހައްދުގައި ހުރި ކުނިތަކެއް
މާލޭ ސަރަހައްދުގައި ހުރި ކުނިތަކެއް
މާލޭ ސިޓީ ކައުންސިލް
ކުނިބުނީގެ މައްސަލަ
ފާއިތުވި 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގައިފި
މިއީ 25 ފޫޓު ހުންނަ ނުވަ ކޮންޓެއިނަރުގެ ކުނި

ފާއިތުވި 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގައިފިއެވެ.

މިކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހޯމަ ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހޯމަ ދުވަހު އެންމެ ހަތަރު ގަޑިއިރު ތެރޭގައި 22.5 ޓަނުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށެވެ. އަދި ފާއިތުވި 16 ދުވަސްތެރޭ މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނުގެ ކުނި ނަގާފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. މިއީ 25 ފޫޓު ހުންނަ ނުވަ ކޮންޓެއިނަރުގެ ކުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވާ ކުނިބުނީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އާދީއްތަ ދުވަހު އެކަނިވެސް މާލޭ މަގުމަތިން ވަނީ 59.6 ޓަނުގެ ކުނި ނަގާފައެވެ.

ހުރިހާ އެންމެންނަކީވެސް ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ. އަދި މީހުން ދިރިއުޅޭ ގެދޮރާއި ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް އޭގެ ސަބަބުން ހިތްފަސޭހަ ވެގެންދާނެ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް