ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 21:16
ހަނދު ސާބިތުކުރުމުގެ ޖަލްސާގެ ތެރެއިން
ހަނދު ސާބިތުކުރުމުގެ ޖަލްސާގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ރަމަޟާން މަސް
މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
ސައޫދީ އަރަބިއްޔާ، ކުވައިތު، އެކުވެރި އަރަބި އިމާރާތް އަދި އޮމާން ފަދަ ގައުމުތަކުންވެސް ވަނީ މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައި
ޝައުބާން މަހުގެ 30 ވިލޭރޭ އިސްލާމީ ގައުމުތަކަށް އިރުއޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ބަލާއިރު ސާބިތުވޭ
ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރޯދަ މަހުގެ ހަނދާބެހޭ ގަރާރު ވަނީ އިއްވާފައި

މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

އެގޮތުން މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި، ރޯދަ މަހުގެ ހަނދާބެހޭ ގަރާރު ވަނީ އިއްވާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭރޭ އިސްލާމީ ގައުމުތަކަށް އިރުއޮއްސުމަށްފަހު ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ބަލާއިރު ސާބިތުވެފައިވާތީ ކަމަށެވެ.

އެހެންކަމުން ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލާ އެއްގޮތަށް، މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާފައި ވާކަމަށް ވަނީ ބުނެފައެވެ.

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައޫދީ އަރަބިއްޔާ، ކުވައިތު، އެކުވެރި އަރަބި އިމާރާތް އަދި އޮމާން ފަދަ ގައުމުތަކުން ވެސް ކަނޑައަޅާފައެވެ.

- ކޮމެންޓް