ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:43
ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާފައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ
ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާފައި ރައީސް ޞާލިހު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ސަރުކާރުގެ ތަރައްގީ
ފުށިދިއްގަރު ފަޅަށް އެޅި ވެލިކޮޅު ފިޔަވައި މި ސަރުކާރުން އަލަށްކުރި ކަމެއް ނެތް - ރައީސް ޞާލިހު
 
ދައުލަތުގެ ބަޖެޓު ސަރުކާރުން ހުސްކުރަމުން ގެންދަނީ ޕާޓިއަށް ތާއިދުކުރާ މެންބަރުންނަށް ވަޒީފާދީ މުސާރަ ދިނުމަށް
 
ސަރުކާރުން އެ ބުނާ ފައިސާ ނެތީ ރަށްރަށުގެ ތަރައްގީއަށްޓަކައި

ތިންމަސްވެގެން ދިޔައިރު، ފުށިދިއްގަރު ފަޅަށް އެޅި ވެލިކޮޅު ފިޔަވައި މި ސަރުކާރުން އަލަށްކުރި ކަމެއް ނެތް ކަމަށް އެމްޑީޕީގެ އެޑްވައިޒު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، މުހައްމަދު ސިނާނުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ތަފާތުކުރުމެއްނެތި ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށެވެ. ވޭތުވެދިޔަ 5 އަަހަރު ދުވަހުގެ ތެރޭގައި ދަތި އުނދަގުލުގައިވެސް އެމަނިކުފާނުގެ ސަރުކާރުން ކުރި މަސައްކަތް ރައްޔިތުންނަށް ފެންނާނެ ކަމަށާއި، ދެން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފޯކައިދޫގައި އޮންނާނި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަންވެސް ވާނީ ޕްލޭންކޮށް، ޑިޒައިންކޮށް މަސައްކަތް ފެށުމަށް ތައްޔާރުކޮށްފައި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ އެކަންކަން މި ސަރުކާރުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމަންޑޫގައި ވެސް އެތައް މަސައްކަތެއް ހުންނާނެ ކުރިއަށް ގެންދެވިފައި. މިގޮތަށް ފެށިފައި ހުރި މަސައްކަތްތަކާއި، ޕްލޭން ކުރެވިފައި ހުރި މަަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ އަޑު އުފުލާނެ، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރާނެ ބޭފުޅަކު އިންނެވުމަކީ ވަރަށް މުހިންމު ކަމެއް. ބަޖެޓް ކުރެވިދާނެ، އެހެންނަނަމަވެސް ސަރުކާރުން ކުރަން ނިންމިއްޔާ ކުރެވޭނީ.
އެމްޑީޕީގެ އެޑްވައިޒު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ކޮމަންޑޫ ދާއިރާއަށް ކުރަން ނިންމާފައި ހުރި މަސައްކަތްތައް ހުންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ ފައިސާ ނެތް ވާހަކަ ކަމަށާއި، ސަރުކާރުން އެ ބުނާ ފައިސާ ނެތީ ރަށްރަށުގެ ތަރައްގީއަށްޓަކައި ކަމަށާއި، ހާއްސަކޮށް ކުދި އާބާދީތަކުގެ މަސައްކަތް ކުރައްވަން ކަމަށެވެ.

އެބޭފުޅުން ބޭނުންފުޅުވާ ކަމެއް ކުރުމަށް ދައްޗެއް ނެތް. ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފި. އަޅުގަނޑުމެންނަށް ހަބަރު ލިބެނީ، އަމާޒު ހިފާފައިވަނީ 1500 ސިޔާސީ މަގާމު އައުމާ ހިސާބަށޭ. ކުންފުނިތަކަށް ވެސް. ބައެއް ކުންފުނިތަކުން ވަޒީފާއިން ވަކިކުރުމާއެކީގައި އެއަށްވުރެ ގިނައިން ވަޒީފާއަށް ނަގާ. މިސާލަކަށް ބައްލަވާ. ގދ. ތިނަދޫ ވެމްކޯގައި 2 މެނޭޖަރުންނާއި، 9 ޑެޕިއުޓީ މެނޭޖަރުންނާއި، 7 ސުޕަވައިޒަރުން އެބަތިބި. މިއީ އެއް ކުންފުންޏެއްގެ އެއް ރަށެއްގައި މަސައްކަތް ކުރުމަށް ގެނެސްފައި އޮތް ބަދަލު. ފެނަކައަށްވެސް ހަމަ އެހެން.
އެމްޑީޕީގެ އެޑްވައިޒު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ދައުލަތުގެ ބަޖެޓު ސަރުކާރުން ހުސްކުރަމުން ގެންދަނީ ޕާޓިއަށް ތާއިދުކުރާ މެންބަރުންނަށް ވަޒީފާދީ މުސާރަ ދިނުމަށް ކަމަށެވެ. ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރާ އެއްވެސްކަމެއް ނުފެންނަ ކަމަށާއި، 3 މަސް ފާއިތުވެގެންދިޔަ އިރު ފުށިދިއްގަރު ފަޅަށް އެޅި ވެލިކޮޅު ފިޔަވައި އެހެން ކަމެއް ނުކުރައްވާ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ރާއްޖެ ފާލުން ނެއްޓިއްޖެ ކަމަށާއި ހަމަމަގަށް އަޅުވަންޖެހޭ ކަމަށެވެ. އަދި ހަމަމަގަށް ނާޅުވައިފިނަމަ ހީނުކުރާވަރުގެ ގެއްލުން ގައުމަށް ކުރިމަތިވާނެ ކަމަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ މިކަމަށް އިސްވެ އޮވެ އަޅާ ފުރަތަމަ ފިޔަވަޅަށް ހަދަންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
ކުދި ރަށްތައް ތަރައްޤީކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް، އެހެންބަޔަކު އެކަން ނުކުރާނެ - ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
އޭޑީބީން އަލަށް ހޯދި ކަމަށް ރައީސް މުއިއްޒު ވިދާޅުވާ 70 މިލިއަން ޑޮލަރަކީ މީގެ 2 އަހަރު ކުރިން ހަމަޖައްސާފައި ހުރި ފައިސާ