ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:50
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ފަހު ވަގުތު ހަވާޓްޒް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެ
 
މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އާސެނަލް މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އާސެނަލުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބްރެންޓްފޯޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ލަނޑު ޖަހައިގެން އާސެނަލް ވަނީ މޮޅުވެފަ އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ބެން ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސް އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެންޓްފޯޑުން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޯން ވިސާ އެވެ. މެޗުން އާސެނަލް މޮޅުވީ، ފުރަތަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ކައި ހަވާޓްޒް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ވައިޓް އެވެ.

މޮޅާއެކު އާސެނަލް ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 28 މެޗުން 64 ޕޮއިންޓު ހޯދައިގެންނެވެ. އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި ލިވަޕޫލަށް ލިބެނީ 63 ޕޮއިންޓެވެ. ތިން ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 62 ޕޮއިންޓެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗުން މޮޅުވާ ޓީމަކަށް، އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް