ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 05:50
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ޕެނަލްޓީގައި ޖެހި ދެ ލަނޑުން، ޔުނައިޓެޑު މޮޅުވެއްޖެ
 
އެވަޓަން އަތުން ހޯދި މޮޅާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައި

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެއްޖެ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޔުނައިޓެޑުން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އެވެ. އޭގެ ފަހުން 36 ވަނަ މިނެޓުގައި ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ލަނޑު ޖެހީ އިންގްލެންޑުގެ މާކަސް ރަޝްފޯޑު އެވެ.

މެޗުގައި އެވަޓަން އިން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ޓީމަށް ފުރުސަތުތަކެއް ލިބުނުއިރު، ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށް އެވަޓަން އިން ގިނަ ހަމަލާތަކެއް ވެސް ފޮނުވާލި އެވެ.

އެވަޓަން އަތުން ހޯދި މޮޅާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 28 މެޗުން 47 ޕޮއިންޓާއެކު އެވެ. އެ ޓީމަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ފަސް ވަނައިގައި ޓޮޓެންހަމަށް ލިބެނީ 50 ޕޮއިންޓެވެ. ޔުނައިޓެޑު އަތުން ބަލިވި އެވަޓަން އޮތީ 25 ޕޮއިންޓާއެކު 16 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް