Advertisement
ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 13:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިހާރު
ކުރީގެ ރައީސް ޔާމީން
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ޙާލަތްތައް ވެސް އައިސްދާނެ: ޔާމީން
ވޯޓުގެ ނަތީޖާ އަންނާނެ ގޮތެއް އަންދާޒާއެއް ނުކުރެވޭނެކަމަށްވެސް ވިދާޅުވި
އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ޙާލަތް އައުމަކީވެސް ވެދާނެ "ޕްރޮބެބިލިޓީ" އޮތް ކަމެއްކަމަށް ވިދާޅުވި

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ ހާލަތެސްވެސް އައިސްދާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި އޯޑިއަންސްގައި އިންނަވައި ވާހަކަދައްވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ޙާލަތް އައުމަކީވެސް ވެދާނެ "ޕްރޮބެބިލިޓީ" އޮތް ކަމެއްކަމަށެވެ.

ޔާމީނު އެހެން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަށްވުރެ ޕީއެންސީގެ ކެންޑިޑޭޓު މަގާމަށް އެކަށީގެން ނުވާ ހަލަތެއްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމުގެ މައުޟޫއަށް ވާހަކަ ދައްކަވަމުންނެވެ.

Advertisement

ޕީއެންއެފްއިން އެފަދަ ޙާލަތްތަކަށްވެސް ތައްޔާރުވާން ޖެހޭކަން ޔާމީނު ފާހަގަ ކުރެއްވިއެވެ.

ޔާމީނު ވަނީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އަންނާނެ ގޮތެއް އަންދާޒާއެއް ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް