ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 13:01
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު
ރާއްޖެއެމްވީ
އެމްޑީޕީ ކެމްޕޭނު
ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގައި ކުރަން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުނީމަ: ސާލިޙު
 
ތަރައްޤީއަށްޓަކައި ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލައްވާނެކަމަށް މިހާރުގެ ރައީސް ކެމްޕޭނު ތެރޭގައި ވިދާޅުވި
 
އެމްޑީޕީގެ ސިޔާސަތަކީ ވަކި ރަށެއް ތަފާތު ނުކޮށް ތަރައްޤީ ގެނައުން
 
ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ބަޖެޓުގެ ދަތިކަމުންކަމަށް ސަރުކާރުން ބުނޭ

މި ސަރުކާރަށް ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގައި ކުރަން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ފުނަދޫ ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓު އިލްހާމް އަހުމަދުގެ ކެމްޕޭނު ޖަލްސާގައި ށ މާއުނގޫދޫގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ވަކި ރަށެއް ތަފާތު ނުކޮށް ތަރައްޤީ ގެނައުމުގެ ސިޔާސަތު ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައިވެސް މަސައްކަތް ކޮށްފައިވާނީ އެ ސިޔާސަތުގެ ދަށުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނަށް ބަދަލެއް ނައިސް، ރައްޔިތުންނަށް ހަމަޖެހިގެން ދިިރިއުޅެވޭނެ ގޮތެއް ނެތި، މި ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް ސާލިޙު ވިދާޅުވީ، ށ މާއުނގޫދޫގައިވެސް އެ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ފަށައި، ބައެއް މަސައްކަތްތައް ނިންމާފައިވާނެ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ، ތަރައްޤީއަށްޓަކައި ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލައްވާނެކަމަށް މިހާރުގެ ރައީސް ކެމްޕޭނު ތެރޭގައި ވިދާޅުވި ކަމަށާއި، ނަމަވެސް، މިހާރު ފެންނަނީ އެ މަންޒަރެއް ނޫންކަމަށެވެ. އެގޮތުން ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް މިއަދުގެ ސަރުކާރުން ހުއްޓުމަކަށް ގެނެސްފައިވާކަަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިއަދު ފެންނަނީ އެ ވާހަކަތަކަކީ ހަމައެކަނި ވެރިކަން ހޯދުމަށްޓަކައި ދެއްކި ބަހަނާތަކެއްކަން
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު

އޭގެ އިތުރުން، މަޖިލިސް އިންތިޚާބު ހޯދުމަށްޓަކައި އަނެއްކާވެސް ނުކުމެވަޑައިގެން ހަމަ އެ ފަދަ ބުހުތާނު ދޮގުތައް ހަދަމުންދާކަން ރައީސް ސާލިޙު ފާހަަގަ ކުރެއްވިއެވެ.

ރައީސް ސާލިޙު އިތުރަށް ވިދާޅުވީ، މަޝްރޫއުތައް ކުރިއަށް ނުގެންދެވެނީ ބަޖެޓުގެ ދަތިކަމުންކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުންދާކަމަށެވެ.

މި ސަރުކާރަށް ބަޖެޓަށް ދަތިވަނީ ހަމައެކަނި ރަށްރަށުގައި ކުރަން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމުންކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް