ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 05:51
މެޗުގައި ލަނޑު ޖެހުމަށްފަހު، އިންޓަ މިއާމީގެ ކުޅުންތެރިންނާއެކު މެސީ އަދި ސުއަރޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު، އިންޓަ މިއާމީގެ ކުޅުންތެރިންނާއެކު މެސީ އަދި ސުއަރޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ކޮންކާކަފް ޗެމްޕިއަންސް ކަޕް
ފުރަތަމަ ލެގުގައި މިއާމީ ސަލާމަތް ކޮށްދިނީ މެސީ އަދި ސުއަރޭޒް
 
ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު

ކޮންކާކަޕް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ނަޝްވީލާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ އެއްވަރުވެއްޖެ އެވެ.

ހުކުރު ދުވަހު ކުޅުނު ފުރަަތަމަ ލެގުގެ މެޗު އެއްވަރުވީ ދެ ޓީމު 2-2 އިންނެވެ. މެޗުގައި ނަޝްވީލުން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، މިއާމީން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނަޝްވީލަށް ލީޑު ނަގައިދިނީ ޖަކޮބް ޝަފެލްބާގް އެވެ. އޭގެ ފަހުން މިއާމީން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޝަފެލްބާގް ވަނީ ދެ ވަނަ ލަނޑު ޖަހައި، ނަޝްވީލްގެ ލީޑު ފުޅާ ކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު މިއާމީން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެ ނަތީގައި އޮވެ މެޗު ނިމެން ދަނިކޮށް، މިއާމީ ސަލާމަތް ކޮށްދިނީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގަ އެވެ.

ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ލެގުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބޭނެ އެވެ. އެ މެޗުގެ ކުރިން މި މަހުގެ 11 ވަނަ ދުވަހު، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި މިއާމީން ނިކުންނާނީ މޮންޓްރިއާލްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް