Advertisement
ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 22:36
ވިލުންތެރި އަންހެނުންގެ ހަރަކާތުގެ ތެރެއިން
ވިލުންތެރި އަންހެނުންގެ ހަރަކާތުގެ ތެރެއިން
އަންހެނުންގެ ދުވަސް
ވިލުންތެރި އަންހެނުންގެ ނަމުގައި އައިސީޕީން ޚާއްސަ ސެޝަންތަކެއް ބާއްވައިފި
މި ހަރަކާތުގެ މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވުމާއި ކުރިއެރުމާއި މެދު މައުލޫމާތު ދީފައިވޭ

ވިލުންތެރި އަންހެނުންގެ ނަމުގައި އިންސްޓިޓިއުޓް ފޮރ ކައުންސިލިން އެންޑް ސައިކޯތެރަޕީ، އައިސީޕީން ޚާއްސަ ސެޝަންތަކެއް ބާއްވައިފިއެވެ.

އެ ހަރަކާތަކީ އައިސީޕީގެ އިސް ނެގުމާއި އެކު ކުރިއަށް ދިޔަ ހަރަކާތެކެވެ. އައިސީޕީ އިން ބުނީ މި ހަރަކާތުގެ މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވުމާއި ކުރިއެރުން އަދި އަންހެނުންގެ ހައްގުތަކާއި މެދު އެކުވެރި މާހައުލެއްގައި ވާހަކަދައްކާލާ މައުލޫމާތު ބަދަލުކުރުމުގެ މާހައުލެއް ހޯދާދިނުން ކަމަށެވެ. ބުރާސްފަތިދުވަހު ހ.ހަައިފާގައި ބޭއްވި އެ ސެޝަންގައި ގިނަ އަދަދެއްގެ އަަންހެނުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އެކި އުމުރު ފުރާތަކުގެ ކަބަލުން ހިމެނެއެވެ.

Advertisement

މެންދުރު 2 އިން ހަވީރު 5 އަށް ކުރިއަށް ދިޔަ އެ ސެޝަންގައި ވިޔަފާރިވެރި އެއްކަމަށްވާ އައިމިނަތު ޝީޒާ ވަނީ އަންހެނަކަށް ވެ ހުރެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވުމާއި މެދު އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި މި ހަފްލާގައި އެސްޑީއެފްސީން އަންހެނުންނަށް ލިބެން ހުރި ލޯނުގެ ފުރުސަތުތަކާއި، މެންޓަލް ހެލްތާއި މެދުވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މެންޓަލް ހެލްތާއި މެދު މައުލޫމާތު ހިއްސާކުރީ ހައްވާ ލީޝާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް