ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 19:05
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، އަކްރަމްކަމާލުއްދީނާއެކު ކެމްޕޭނުގައި
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، އަކްރަމްކަމާލުއްދީނާއެކު ކެމްޕޭނުގައި
ޙުސައިން މަޚްތޫމް
ސަރުކާރު ޖަވާބުދާރީކުރުވުން
ރައްޔިތުން ތިބީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ރޫހެއްގައި - ރައީސް ޞާލިހު
 
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ގޮތެއް ނުނިންމާ ލަސްކުރަމުން ދިއުމުގެ ކަންބޮޑުވުންތައް މާލެއިން އެބަފެނޭ
 
އެމްޑީޕީ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި އޮންނަ އިރުގައި މަޖިލިސް ގޮނޑިތަކެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު
 
ކޮންމެ ހިސާބަކުން ފެނިވަޑައިގަންނަވަނީ ރައްޔިތުންނަށް ނިންމުނު ނިންމުމާއި ދޭތެރޭގައި ކަންބޮޑުވުންތަކެއް އިހުސާސްކުރެވިފައި ތިބިތަން

ރައްޔިތުން ތިބީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ރޫހެއްގައި ކަމަށާއި، ރައްޔިތުންނަށް ނިންމުނު ނިންމުމާއި ދޭތެރޭގައި ކަންބޮޑުވުންތަކެއް އިހުސާސްކުރެވިފައި ތިބިތަން ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަކްރަމް ކަމާލުއްދީންގެ ކެމްޕޭނަށް ދޮރުންދޮރަށް ވަޑައިގެން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރަނގަޅު ނަތީޖާއެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ނ، ބ، ރ އަދި ޅ އަތޮޅަށް ވަޑައިގެންނެވި ކަމަށާއި، ޕާޓީގެ ރައީސްވެސް ކެމްޕޭން ދަތުރުކުރައްވަމުން ގެންދަވާ ކަމަށެވެ. ކޮންމެ ހިސާބަކުން ފެނިވަޑައިގަންނަވަނީ ރައްޔިތުންނަށް ނިންމުނު ނިންމުމާއި ދޭތެރޭގައި ކަންބޮޑުވުންތަކެއް އިހުސާސްކުރެވިފައި ތިބިތަން ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ފަރާތުން، ސަރުކާރު ވެރިކަމަށް އައުމަށް ވިވައުދު ފުއްދުމަށްޓަކައި ޖަވާބުދާރީކުރުމުގެ ރޫހެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި އޮންނަ އިރުގައި މަޖިލިސް ގޮނޑިތަކެއް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ގޮތެއް ނުނިންމާ ލަސްކުރަމުން ދިއުމުގެ ކަންބޮޑުވުންތައް މާލެއިން އެބަފެނޭ. މިއަދުވެސް މި ފެންނަނީ އެކަންތައް. މާދަމާ ނިންމާގޮތަށް އަނެއް ދުވަހު ނިންމާގޮތަށް އެކަހަލަ އެތައް ބަހަނާތަކެއް ދައްކަމުން ލަސްކުރަމުން އެ ގެންދަނީ. ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ހުރިކަމެއް ނޫން. މިހާރުން މިހާރަށް ނިންމާފައި އެ ލިބިފައި އޮތް ފަރާތްތަކަށް އެ ދެވުނީމާ މަސައްކަތެއް އެތާ ފަށައިގަނެވޭނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ފަރާތުން ފެނިވަޑައިގަންނަވަނީވެސް އެފަދަ ވިސްނުމެއްގައި ތިއްބެވިތަން ކަމަށެވެ. އަދި ފުރުސަތު ލިބުމުން، މަޖިލީހުގެ ތެރެއިން ކުރައްވަންޖެހޭ މަސައްކަތްތައްކޮށް، ހާއްސަކޮށް މާލޭގެ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި