ކ. މާލެ
|
4 މާރޗް 2024 | ހޯމަ 19:12
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
މަޖިލިސް އިންތިހާބު
ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެނީ ގޯހެއް ހެދިއްޖެ ކަމަށާއި، މިސްރާބު ހަމަމަގަށް އަޅުވަންވެއްޖެކަމުގެ އަޑުތައް - ޝާހިދު
 
ރައްޔިތުންނަށް ގޯހެއް ހެދިއްޖެކަން ގަބޫލުކުރޭ
 
މި ސަރުކާރުން ކުރިންވެސް ހަދަނީ ދޮގު، މިހާރުވެސް ހަދަނީ ދޮގު

ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެނީ ގޯހެއް ހެދިއްޖެ ކަމަށާއި، މިސްރާބު ހަމަމަގަށް އަޅުންވެއްޖެކަމުގެ އަޑުތައް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލޭގެ ބައެއް ދާއިރާތަކުގެ ކެމްޕޭނަށް ނުކުމެވަޑައިގެން މީޑިއާތަކާއި ބައްދަލުކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެމުން ދަނީ އެންމެ އަޑެއް ކަމަށެވެ. އެއީ ގޯހެއް ހެދިއްޖެ ކަމަށާއި، މިސްރާބު ހަމަމަގަށް އަޅުވަން ވެއްޖެކަމަށާއި، ރާއްޖެގެ ރައްޔިތުން ތިބީ މިސްރާބު ހަމަމަގަށް އެޅުވުމަށް އަތުކުރި އޮޅައިގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 26 ފެބްރުއަރީގައި ވާނީ އިންތިހާބީ ހަރަކާތްތައް ފަށާފައި ކަމަށެވެ. މިހާތަނަށް އައި އިރު އެމްޑީޕީގެ ލީޑަރޝިޕާއެކު ދޮރުން ދޮރަށް ހިންގާ ކެމްޕޭން ޓީމްތަކާއި ބައްދަލުކޮށް އެކި ފެންވަރުގައި ކެމްޕޭންކުރައްވާފައިކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޞާލިހް ބ. އަތޮޅުގެ 3 ދާއިރާއަކަށް ވަޑައިގެންނެވުމަށްފަހު ހޯމަ ދުވަހު ރ އަތޮޅުގެ 4 ދާއިރާއަކަށް ވަޑައިގެންނެވުމަށްފަހު ނ. އަތޮޅުގެ ދާއިރާތައް ހޯމަ ދުވަހުގެރޭ ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހޯމަ ދުވަހުގެރޭ ފުވައްމުލައް ސިޓިއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ކުރިން ކުޅުދުއްފުށި ސިޓިއަށް ވަޑައިގެން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި ހޯމަ ދުވަހުވެސް މާލޭގެ 4 ދާއިރާއެއްގެ ކެމްޕޭން ކުރިއަށްދާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ނުކެމެ ތިއްބެވީ، ފާލުން ނެއްޓެމުންދާ ރާއްޖޭގެ މިސްރާބު ހަމަ މަގަށް އެޅުވުމަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު، ގެޒެޓްކޮށްފައިވާ ލިސްޓަށް ގޯއްޗާއި ފުލެޓް ދެއްވާނެކަމަށް ވިދާޅުވި ކަމަށާއި، މިހާރު ވިދާޅުވަމުންދަނީ އެހެން ވާހަކައެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ކުރިންވެސް ހަދަނީ ދޮގު ކަމަށާއި، މިހާރުވެސް ހަދަނީ ދޮގު ކަމަށެވެ. އެމްޑީޕީން ނުކެމެ ތިބީ އެ ދޮގުތައް ހެދިޔަ ނުދިނުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެނޑިޑޭޓަށް ފައިސާދޭ ފަރާތުގެ މަސްލަހަތު އިސްކުރެވޭ - ޓްރާންސްޕޭރެންސީ