ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 11:18
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އަދި ސުއަރޭޒް އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އަދި ސުއަރޭޒް އުފާ ފާޅުކުރަނީ
ރޮއިޓާސް
އެމެރިކާ ލީގު
މެސީ އަދި ސުއަރޭޒްގެ ދެ ލަނޑާއެކު، މިއާމީ އަށް ބޮޑު މޮޅެއް
 
މިއާމީ އެއް ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން، ހަތް ޕޮއިންޓު ހޯދައިގެން

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި އޯލަންޑް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން، އިންޓަ މިއާމީން ބޮޑު މޮޅެއް ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގަައި މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އަދި އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ ސުއަރޭޒް އެވެ. އޭގެ ފަހުންް 11 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. މިއާމީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. މެޗުގައި 29 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ރޮބާޓް ޓޭލާ އެވެ. މިއާމީގެ ފަހު ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ދެ ލަނޑު ވެސް ޖެހީ ކެޕްޓަން މެސީ އެވެ. އެއީ 57 ވަނަ މިނެޓާއ، 62 ވަނަ މިނެޓުގަ އެވެ.

މޮޅާއެކު މިއާމީ އޮތީ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން، ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި ޑީސީ ޔުނައިޓެޑަށް ހަތަރު ޕޮއިންޓު ލިބެނީ، މިއާމީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް