އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ފަހުވަގުތު ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލް 1-0 އިން މޮޅުވި މެޗުގެ ރެފްރީ ޕައުލް ޓިއާނޭ އަށް ދުނިޔޭގެ ކުރީގެ އެއްވަނަ ރެފްރީ މާކް ކްލަޓެންބާގެ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިނގިރޭސި ރެފްރީ ކްލަޓެންބާގަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލް މެޗުގެ ރެފްރީ އެވެ. އޭނާ ވަނީ ޕްރެމިއާ ލީގުގައި 13 އަހަރު ރެފްރީކަންކޮށްފަ އެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި ގިނަ އަދަދަކަށް ވަރުގަދަ މެޗުތަކުގައި ރެފްރީކަންކޮށްފަ އެވެ. އޭނާގެ މިހާރު އަދާކުރަނީ ނޮޓިންހަމް ފޮރެސްޓްގެ ރެފްރީ އެނަލިސްޓްގެ މަގާމެވެ.
މި މެޗުގައި ލިވަޕޫލްގެ ޑްރަވިން ނޫނޭޒް ގޯލު ޖެހީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. އަދި މެޗަށް ފަހު ފޮރެސްޓްގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުމާއެކު ރެފްރީ ވަށާލައިފަ އެވެ.
އެ ޓީމުގެ އޮފިޝަލުކުޅުންތެރިން ހިތްހަމަނުޖެހުނީ ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭގެ ބޮލަށް އަނިޔާވުމުން ކުޅުން ހުއްޓާލުމަށްފަހު އަލުން ފެށިއިރު ބޯޅަ ލިވަޕޫލަށް ދިނުމުންނެވެ. ރެފްރީ ބޯޅަ ދޫކޮށްލީ ލިވަޕޫލްގެ ކީޕަރަށެވެ. އޭނާ ކުޅުން ފަށައި، ނޫނޭޒް ގޯލު ޖެހީ އޭގެ އެއް މިނިޓާއި 50 ސިކުންތަށްފަހު އެވެ.
ފުޓްބޯޅަ ގަވާއިދުގައި އޮތީ ވަރަށް ސާފުކޮށް، ރެފްރީ ކުޅުން ހުއްޓާލައިފިނަމަ، ކުޅުން އަލުން ފަށާއިރު ބޯޅަ ދޭންވާނީ ހުއްޓާލިއިރު ބޯޅައޮތް ބަޔަކަށް. އެހެންވީމާ ބޯޅަ ލިބެންވާނީ ފޮރެސްޓަށް. އެކަމަކު ބޯޅަ ދިނީ ލިވަޕޫލަށް، ފޮރެސްޓްގެ ކުޅުންތެރިންނާއި އޮފިޝަލުން މެޗަށް ފަހު ހިތްހަމަނުޖެހުނު ސަބަބު މިއޮތީ ފެންނަންކްލަޓެންބާގް
އޭނާ ބުނީ މެޗަށް ފަހު ރެފްރީއާ ވާހަކަ ދެއްކުމަށް ރެފްރީޒް ރޫމަށް ދިއުމުން އެތަނަށް އޭނާ ނުވެއްދި ކަމަށެވެ. ނަމަވެސް މިއީ ގަވާއިދުގައި ވަރަށް ސާފުކޮށް އެނގެން އޮތްކަމެއް ކަމަށެވެ. ކްލަޓެންބާގް ބުނީ މި މެޗުގައި ފެނުނު ގޯސްތަކާމެދު ގޮތެއް ނިންމުން އޭނާ ދޫކޮށްލާނީ ނޮޓިންހަމް ފޮރެސްޓަށް ކަމަށެވެ. އަދި އޭނާގެ މަސައްކަތަކީ ރެފްރީ އެސެސްކުރުން ކަމަށާއި އޭނާގެ މަސައްކަތް ފުރިހަމަކޮށްފައި ކުލަބަށް ހުށަހަޅާނެ ކަމަށެވެ.
ކްލަޓެންބާގެ އިތުރުން މެޗު އެނަލިސްޓުން ވެސް ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މި މޮޅާއެކު ލިވަޕޫލް ވަނީ 63 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގަ އެވެ. ދެ ވަނާގައިވާ ސިޓީ މިރޭ ނުކުންނާނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ސިޓީ އަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ 44 ޕޮއިންޓާއެކު ހަ ވަނާގަ އެވެ.