ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 15:33
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ސަން އޮންލައިން
އެމްޑީޕީ
އެމްޑީޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުގެ އަމިއްލަ ކެންޑިޑޭޓުންނަށް އެމްޑީޕީން ތާއީދުކުރަނީ
 
އެމްޑީޕީން ނިންމައިފައި އޮތީ އެމްޑީޕީން ވާދަނުކުރާ ދާއިރާތަކުގެ، އެ ޕާޓީގެ އުސޫލުތައް ބަލައިގަންނަ ކެންޑިޑޭޓުން އެންޑޯޒްކުރަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ވާދަނުކުރާ ދާއިރާތަކަށް ނުކުންނަ އަމިއްލަ ކެންޑިޑޭޓުން އެންޑޯޒްކުރަން ނިންމާފައިވާކަމަށް، "މިސްރާބު ހަމަމަގަށް"ގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންތިޚާބުގައި ވާދަނުކުރާ ދާއިރާތަކަށް އިޝާރާތްކުރައްވަމުން އީސަ ވިދާޅުވީ، އެމްޑީޕީން ނިންމާފައި އޮތީ، އެމްޑީޕީން ވާދަނުކުރާ ދާއިރާތަކުގައި ތިބި، އެ ޕާޓީގެ އުސޫލުތައް ބަލައިގަންނަ ކެންޑިޑޭޓުން އެންޑޯޒްކުރަން ކަމަށެވެ.

އަދި އެ ކެންޑިޑޭޓުންގެ މައުލޫމާތާއި ދާއިރާތައް އެ ޕާޓީން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވަމުން އީސަ ވިދާޅުވީ، އެފަދަ ކެންޑިޑޭޓުން ނަގާނީ ރައްޔިތުންގެ މަޖިލީހަށް އެ ކެންޑިޑޭޓުން ހޮވިއްޖެނަމަ، އެބޭފުޅުންގެ މަސައްކަތް ގެންގުޅޭނެ ގޮތާއި، ޕާޓީގެ ހަމަތަކަށް އިހުތިރާމު ކުރާނެ ކަން ޔަގީންކުރުމަށްފަހު ކަމަށެވެ.

އަޅުގަނޑުމެން ޕާޓީން ނިންމާފަ އޮތީ، އަޅުގަނޑުމެން ވާދަނުކުރާ ދާއިރާތަކުގަ ތިބި، މި ޕާޓީ ގަބޫލުކުރާ އުސޫލުތައް ބަލައިގަންނަ ކެންޑިޑޭޓުންނަށް ޕާޓީގެ ތާއީދު ރަސްމީކޮށް ދޭން.
"މިސްރާބު ހަމަމަގަށް"ގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ 89 ދާއިރާއަކަށެވެ. މުޅި އިންތިޚާބުގައި އެމްޑީޕީގެ 90 ކެންޑިޑޭޓުން ވާދަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
50%
0%
0%
50%
ކޮމެންޓް