ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 14:36
އެމްޑީޕީގެ "މިސްރާބު ހަމަމަގަށް"ގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ
އެމްޑީޕީގެ "މިސްރާބު ހަމަމަގަށް"ގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ
ފައިސާ ޗާޕުކުރުން
ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރަކުން ނޫން، މިދިޔަ ސަރުކާރުން: އީސަ
 
އެމްޑީޕީގެ ސަރުކާރުން، 2022 ވަނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރުމަށް ނިންމައި، 31 ޑިސެމްބަރު 2023 އިން ފެށިގެން އެކަން މުޅިން ހުއްޓާލަން އޮތީ ނިންމާފައި

ސަރުކާރުން ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ނޫން ކަމަށާއި، އެކަން ނިމުމަކަށް ގެނައީ ކުރީގެ ސަރުކާރުން ކަމަށް އެމްޑީޕީގެ "މިސްރާބު ހަމަމަގަށް"ގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އަދި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މެންބަރުން ގެންދަވަނީ އެކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން އިގްތިސާދީ އެކި ބޭނުންތަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން، ތަކެތީގެ އަގު ހިފެހެއްޓުމާއި އިގްތިސާދީ ކުރިއެރުން ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވެ، އެ ސަރުކާރަށް މި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

އެކަމަށް އިޝާރަތްކުރައްވަމުން އީސަ ވިދާޅުވީ، ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ފައީސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުންކަމަށް ވިދާޅުވާ ވިދާޅުވުމަކީ، ރައްޔިތުންނަށް އޮޅުވާލައި އިތުރުފުޅު ހައްދަވަން ވިދާޅުވާ ވާހަކަތަކެއް ކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލީ މިދިޔަ ސަރުކާރުންކަން ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބެލުމުން ފެންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރުން، 2022 ވަނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރުމަށް ރަސްމީކޮށް ނިންމައި، 31 ޑިސެމްބަރު 2023 އިން ފެށިގެން އެކަން މުޅިން ހުއްޓާލަން ނިންމާފައި އޮތް ކަން ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނިންމުންތަކާއި އަދި މަޖިލީހުގެ ނިންމުންތަކުން ފެންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.

ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ފައިސާ ޗާޕުކުރުން ހުއްޓާލީ ތިމަންނާމެންނޭ، ފައިސާ ޗާޕުކުރުން ހުއްޓާލީ ތިމަންނާމެންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވަރަށް ބޮޑަށް ދޮގު ހައްދަމުން، އިތުރުފުޅު ހައްދަވަމުން އެބަ ގެންދަވާ. އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން ބޭނުން ފައިސާ ޗާޕުކުރުން ހުއްޓާލީކީއެއް މި ސަރުކާރަކުންނެއް ނޫން. ތިބޭފުޅުން ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބެއްލެވީމާ ފެނޭ، ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނިންމުންތަކާއި އަދި މަޖިލީހުގެ ނިންމުންތަކަށް ބެއްލެވީމާ ވަރަށް ސާފުވާނެ، އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފައިސާ ދެން އިތުރަށް ޗާޕު ނުކުރަން ނިންމާ، 31 ޑިސެމްބަރު 2023ގައި އެކަން މުޅިން އެއްކޮށް ހުއްޓާލާފައި އޮތްކަން ފެންނާނެ އިނގޭތޯ. އެއީކީ އެއްގޮތަކަށް ވެސް މުއިއްޒު ކުރައްވައިގެން އުޅުއްވާ ކަމެއް ނޫން. އެއީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ނިންމުންތަކަށް، ނިންމަވާ އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި ޢަމަލުކުރަން ފަށާފައިވާ ކަމެއް.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ

އީސަ ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ދޮގު ދޮލަނގަށް، ދޮގެއް އިތުރު ކުރައްވަމުން ކަމަށެވެ. އަދި އޭގެ ތެރެއިން ފައިސާ ޗާޕުކުރުން ހުއްޓާލީ އެބޭފުޅުން ކަމަށް ވިދާޅުވުމަކީ ވެސް އިތުރު ދޮގެއް ކަމަށް އީސަ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު
ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި: ރައީސް ސާލިހު
ރައީސް މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން: ރައީސް ސާލިހު
ރައީސް މަގޫދޫއަށް ވަޑައިނުގަތީ ރައްޔިތުންނާއި ކުރިމަތިލާން ޖެހިލުންވެވަޑައި ގަންނަވާތީ؟
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ރައީސް ނުދެއްވާ - ކައުންސިލް