ކޮރަަޕްޝަނަށް މަގުފަހިވާ ކަންކަން ވިޔަނުދިނުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ މަޤަސަދް ހާސިލްކުރުމަށް ކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގެ ސަބަބުން ކޮރަޕްޝަން ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމަށް ދެފަރާތުން ގުޅިގެން ކުރާނެ މަސައްކަތްތައް ކަނޑައެޅިގެން ދާނެއެވެ.
މި ފަހުމުނާމާގައި މިވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ މުހިންމު މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށާއި، އާންމު ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަސައްކަތްތަކެއް ކުރާ، އެ ކަންކަން ރަނގަޅުގޮތުގައި ދެމެހެއްޓުމާއި އިތުބާރު ހިފޭގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިއްމު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މި އެއްބަސްވުމާއެކު، އޭސީސީން ކުރާ މުހިއްމު މަސައްކަތުގައި އިސްލާމިކް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ ދެމެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމުގައާއި މައްސަލަތަކާ ގުޅިގެން ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމްކޮށް އަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެއެވެ.