ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 13:34
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިހާރު
ޖިންސީ ގޯނާގެ މައްސަލަތައް
ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް
 
ކުށް ސާބިތުވެފައިވަނީ ޙުސައިން ޒާހިނު، މިޔަވާލި / ތ.ގުރައިދޫ ގެ މައްޗަށް
 
އޭނާގެ މައްޗަށް 3 ދައުވާއެއް ސާބިތުވެފައިވޭ

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މައްސަލައެއްގައި ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް ލައިފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ޙުސައިން ޒާހިނު، މިޔަވާލި / ތ.ގުރައިދޫ ގެ މައްޗަށެވެ.

އޭނާގެ މައްޗަށް 3 ދައުވާއެއް ސާބިތުވެފައިވެއެވެ. އެއީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، މީހަކު، ކުޑަކުއްޖަކަށް އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެ އޭނާ 18 އަހަރާއި، 1 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް