ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 13:13
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ފަނޑިޔާރަކަށް އިންޒާރުދިނުން
ދެ ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުކޮށްފި
 
ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި ވަނީ އޭނާ 05 ދުވަހަށް ބަންދުކުރުމަށް
 
މި މައްސަލައިގައި ބަންދުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް

ދެ ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު މި އަމުރުގައި ވަނީ އޭނާ 05 ދުވަހަށް ބަންދުކުރުމަށެވެ.

ބަންދުގައި ބަހައްޓަން އަމުުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވުމާއި ސީނަށް ދިޔަ ފުލުހުންގެ ޙާދިސާ ރިޕޯޓުވެސް ހުށަހަޅާފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ދެ ފަނޑިޔާރަކަށް އިންޒާރު ދިން ކަމަށެވެ. އަދި އެވަގުތު ސީންއަށް އެޓެންޑުވި ފުލުހުންނަށްވެސް އޭނާ ވަނީ އިންޒާރު ދީފައެވެ.

އޭނާއަކީ މިބާވަތުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް