ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 10:20
ރައީސް ޢައްބާސް، އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނައާ ބައްދަލުކުރައްވަނީ
ރައީސް ޢައްބާސް، އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނައާ ބައްދަލުކުރައްވަނީ
ރޮއިޓާސް
ރައީސް ޢައްބާސް އުރުދުންނަށް ވަޑައިގަތުން
ފަލަސްތީނުގެ ރައީސް ޢައްބާސް، އުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނައާ ބައްދަލުކުރައްވައިފި
 
އައްބާސް ވިދާޅުވީ ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެއީ އެ ޖަމާއަތުގެ މަސްއޫލިއްޔަތާއި އިދާރީ ހިންގުމުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އުރުދުންގެ ވެރިރަށް އައްމާނުގައި އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ އާއި ވަލީއަހުދު ހުސައިން ބިން އަބްދުاللهއާ ބައްދަލުކުރައްވައިފިއެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ޢައްބާސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށާއި ޣައްޒާއަށް، ޚާއްޞަކޮށް، ޙަޤީޤީ ކާރިސާގެ ޝިކާރައަކަށްވެފައިވާ ފަލަސްޠީނުގެ އުތުރަށް އިންސާނީ އެހީތެރިކަން ގެނައުމަށް ހުރިހާ ފަރާތްތަކާއެކު މިހާރު ކުރައްވަމުން ގެންދަވާ ގުޅުންތަކުގެ މަޢުލޫމާތު ރަސްގެފާނާ ޙިއްޞާކުރައްވާފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި ނުވަތަ ހުޅަނގު އައްސޭރީގައި، ގުދުސް ހިމެނޭގޮތަށް ފަލަސްޠީނުގެ ރައްޔިތުން ގެދޮރު ބޭރުކޮށްލުމާ ދެކޮޅު ހައްދަވަމުން ގެންދަވާކަން ރައީސް ޢައްބާސް އެބައްދަލުކުރެއްވުމުގައި ތަކުރާރުކުރެއްވިއެވެ.

ރައީސް އައްބާސް ވިދާޅުވީ ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެއީ އެ ޖަމާއަތުގެ މަސްއޫލިއްޔަތާއި އިދާރީ ހިންގުމުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށާއި އިސްރާއީލުން ފަލަސްތީނު ވަކިކުރަން ނުވަތަ އެ ގައުމުގެ ބިމުގެ އެއްވެސް އިންޗިއެއް ކަނޑާލުމަށް ރާވާފައިވާ ރޭވުންތައް ބަލައިގަތުމާއި މުއާމަލާތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އިރުމަތީ ގުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލްގެ އަސްކަރިއްޔާއާއި ޓެރަރިސްޓް ވަޒަންވެރިން ހިންގަމުންދާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އޮޕަރޭޝަންތައް ހުއްޓުވައި، ހިފަހައްޓާފައިވާ ފަލަސްތީނުގެ ފައިސާ ދޫކޮށްލަން ޖެހޭ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ޢައްބާސް ދެއްކެވި ވާހަކަފުޅުގައި، ރަމަޟާން މަހު އަލްއަޤްޞާ މިސްކިތަށް އަޅުކަންކުރާ މީހުން ވަނުން މަނާކުރުމަށް އިސްރާއީލުން ވިސްނަމުންދާކަމުގެ އިންޒާރު ދެއްވައި، އިސްލާމީ އަދި ކްރިސްޓިއަނުންގެ ތަންތަނުގެ ތާރީޚީ އަދި ޤާނޫނީ ދަރަޖަ ދެމެހެއްޓުމަށާއި، ހާޝިމީ ބެލެނިވެރިކަމުގެ މައްޗަށް ޢަމަލުކުރުމަށް ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންޖެހޭކަމުގައި ވިދާޅުވިއެވެ.

އަދި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރެވޭނީ، ބައިނަލްއަޤްވާމީ ޤާނޫނީ ޤަރާރުތަކާއި، ޢަރަބި ސުލްހައިގެ އިނީޝިއޭޓިވްގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ޙައްލެއް ގެނައުމާއި، ފަލަސްޠީނުގެ ސަލާމަތީ މަޖިލީހުގެ ނިންމުމަކުން ފަލަސްޠީނުގެ ދައުލަތަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ލިބުމާއި، ޖޫން މަހުގެ 4 ވަނަ ދުވަހު ފަލަސްޠީނުގެ ދައުލަތުގެ މިނިވަންކަން، ފަލަސްޠީނުގެ ބޯޑަރުތަކުގައި ޤާއިމުކުރެވިގެންކަމުގައި ޢައްބާސް ވިދާޅުވިއެވެ. 

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޙަމަލާތައް ހުއްޓުވުމަށާއި، އިންސާނީ އެހީތެރިކަން ގެނައުމަށާއި، ޞިއްޙީ ޚިދުމަތް ތައް ފީލްޑް ހޮސްޕިޓަލްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ހުރިހާ ފޯރަމްތަކެއްގައި ފަލަސްޠީނުގެ މައްސަލައަށް އެއްބާރުލުން ދިނުމަށް އުރުދުންއިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޢައްބާސް ތަޢުރީފުކުރައްވައި، ބައިނަލްއަޤްވާމީ ޤާނޫނީ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްޠީނުގެ ރަސްމީ ސިޔާސަތަށް އެއްބާރުލުން ދެއްވުމަށާއި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް ބާރުއަޅުއްވާފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް