ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 10:24
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
ރޮއިޓާސް
އެމެރިކާ ލީގު
ފަހު ވަގުތު އިންޓަ މިއާމީ ސަލާމަތްކޮށްދިނީ މެސީ!
 
މި ނަތީޖާ އާއެކު މިއާމީ އޮތީ އެއް ވަނައިގައި

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ގެލެކްސީއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މިއީ އައު ސީޒަންގެ އެމެރިކާ ލީގުގައި މިއާމީގެ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހަައި ކުރި ހޯދީ ގެލެކްސީންނެވެ. މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑެހާން ޖޮވެލްޖިކް އެވެ. އެ ނަތީޖާގައި އޮވެ މެޗު އެއްވަރުވާން ދަނިކޮށް، މިއާމީން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަައި ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ އެ ލަނޑު ޖެހީ ޑިފެންޑަރު ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މިއީ އައު ސީޒަންގެ އެމެރިކާ ލީގުގައި މެސީ އިންޓަ މިއާމީ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި ނަތީޖާ އާއެކު މިއާމީ އޮތީ އެއް ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ޑީސީ ޔުނައިޓެޑަށް އެއް މެޗުން ލިބެނީ ތިން ޕޮއިންޓެވެ. ދެ ވަނަ މެޗުން މޮޅުވެ، އެ ޓީމަށް އެއް ވަނަ އަށް ޖެހިލެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް