ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 22:01
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ
ސަން އޮންލައިން
ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓް
ވިލިމާލެ ކައިރީގައި ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގިނަ ބަޔަކަށް އަނިޔާވެއްޖެ
މި އެކްސިޑެންޓްގައި ޖުމްލަ 13 މީހަކަށް އަނިޔާވެފައިވޭ
މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން

ވިލިމާލެ ކައިރީގައި ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ވިލިމާލެ ވޯޓަރ ސްޕޯޓްސްއާ ދިމާއިން ކަނޑު މަތީގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު، ބުރާސްފަތި ދުވަހުގެ ރޭ 7:48ގައި ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓުގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށެވެ. އޭގެތެރޭގައި އެފްކޮންސްގެ 10 މީހުންނާއި އަނަންތަރާ 3 ލޯންޗުގެ ތިން މީހަކު ހިމެނޭކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އަނިޔާވި މީހުންގެ ތެރެއިން 6 މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށެވެ.

މިއެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުންނެވެ.

- ކޮމެންޓް