ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 20:12
މުޅި މަޖިލީހުގެ ކޮމިޓީ
މުޅި މަޖިލީހުގެ ކޮމިޓީ
އެންޓިޑިފެކްޝަން ޤާނޫނެއް ވުޖޫދަށް ގެނައުން
އަމިއްލަ އަށް ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ޤާނޫނެއް ވުޖޫދަށް ގެންނަނީ
 
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދާދިނުމަށް ބިލުން އެހީތެރިވެދޭނެ
 
ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެ ޕާޓީގެ މެންބަރު އަޙްމަދު ޢަބްދުﷲ
 
އެންޓި-ޑިފެކްޝަން ބިލް ޑްރާފްޓުކުރުމުގެ މަޝްވަރާ ކުރިން ވެސް ކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ މެންބަރުން، އަމިއްލަ އަށް ޕާޓީން ވަކިވާ ހާލަތުގައި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި-ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެކަން ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އެ ބިލުގެ މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް ދިމާވެފަިއވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެ ޕާޓީގެ މެންބަރު އަޙްމަދު ޢަބްދުﷲ ކަމަށެވެ. އަދި އެ ބިލް ހުށަހެޅުމުގެ މަގްސަދަކީ މަޖިލިސް މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން ރަށްރަށަށް ޒިޔާރަތް ކުރުމުން، ޕާޓީގެ ފަރާތުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ހޮވާ މެމްބަރުން ފަހުން އެހެން ޕާޓީތަކަށް ދާކަމުގެ ކަންބޮޑުވުން ހިއްސާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން18 ވަނަ ރައްޔިތުންގެ މަޖިލީހުގަވެސް އެންޓި ޑިފެކްޝަން ޤާނޫނެއް އެކުލަވާލިއެވެ. އޭރު މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރާނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް އެ ޤާނޫނު ވަނީ އެކުލަވާލާފައެވެ. އޭރު އެ ޤާނޫނު އޮތީ ޕާޓީން ބޭނުންވެގެން މެމްބަރަކު ވަކިކުރުމުން އޭނާގެ ގޮނޑި ގެއްލޭ ގޮތަށެވެ. އޭރު އެ ގާނޫނު އެކުލަވާލާފައި ވަނީ 18 ވަނަ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެނެވެ. މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެފަދަ ގާނޫނެއް ނުވަތަ އެންޓި-ޑިފެކްޝަން ގާނޫނެއް ވުޖޫދު ކުރުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރާނެކަން މީގެ ކުރިން ވެސް އެ ޕާޓީތަކުން ވަނީ ހާމަކޮށްފައެވެ. އަދި އެ މަޝްވަރާތައް ވެސް މީގެ ކުރިން ވަނީ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް