ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 12:31
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ
ރާއްޖެއެމްވީ
މެއި 6 ޙަމަލާ
މެއި 6 ޙަމަލާ: ގޮއްވާލި ބޮމުގެ ފިޒިކަލް އެނާލިސިސް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގައިފި
 
މި މައްސަލައިގައި ކުރިއަށްވެސް ދައުލަތުގެ ގިނަ ހެކިންގެ ހެކިބަސް ނެގުން އެބައޮތް
 
ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ހިމެނިދާނެކަމަށް ބަލައި އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތު ހިމެނިދާނެކަމަށް ބަލައި ސިއްރުކޮށްގެން ކުރިއަށް ދިޔަ މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އެއީ މި މައްސަލައާ ގުޅޭ ޙާދިސާގައި ގޮއްވާލި ބޮމުގެ ފިޒިކަލް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރެވެ.

އަދި ހެކިވެރިޔާ ވަނީ އައި.އީ.ޑީގެ ތަފްސީލުތަކާއި ބާރު ގަދަ ކަމާއި ބެހޭ ގޮތުން ހެކިބަސް ދީފައެވެ.

މި މައްސަލައިގައި ކުރިއަށްވެސް ދައުލަތުގެ ގިނަ ހެކިންގެ ހެކިބަސް ނެގުން އެބައޮތެވެ.

މި މައްސަލައިގައި 29 ނޮވެމްބަރު 2023 ގައިވެސް އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ ދުވަހުގެ އަޑުއެހުމުގައި 2 ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ފަރާތަކާއި، މި މައްސަލައާ ގުޅިގެން ފިޒިކަލް އެގްޒެމިނޭޝަން ރިޕޯޓެއް ތައްޔާރުކޮށްފައިވާ ފަރާތެވެ. އޭނާއަކީ ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް