ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 11:41
ތިމަރަފުށީ ދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް
ތިމަރަފުށީ ދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް
ރާއްޖެއެމްވީ
ދައުލަތުގެ މާލިއްޔާ
ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ މިސްރާބު އޮތީ ކައްސާލާފައި: ފަތުހުﷲ ޖަމީލް
 
ދައުލަތުން މަސްވެރިންނަށް ދައްކަންޖެހޭ 280 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް
 
މިހާރު ފެންނަމުން ދަނީ ދައުލަތުން އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ވާހަކަތައް

ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ މިސްރާބު އޮތީ ކައްސާލާފައިކަމަށް ތިމަރަފުށީ ދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ފަތުހުﷲ މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެރޭ ތިމަރަފުށި ދާއިރާގެ މާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފަތުހުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ މިސްރާބު އޮތީ ކައްސާލައިގެން ގޮސްފައި ކަމަށާއި މިކަމަށް ހައްލެއް ގެނެވޭނީ އެމް.ޑީ.ޕީގެ މެޖޯރިޓީ މަޖިލީހަށް ލިބިގެން ކަމަށެވެ. މީގެ އިތުރުން މުޅި ސޯޝަލް މީޑީއާއަށް ބަލާލި ކަމުގައި ވީ ނަމަވެސް މިހާރު ފެންނަމުން ދަނީ ދައުލަތުން އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ވާހަކަތައްކަމަށް ފަތުހުﷲ ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ މިސްރާބު ކައްސާލައިގެން ގޮސްފައި އޮންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެއްޖެއްޔާ، އެންމެ ބޮޑަށް ކައްސާލާފައި އޮތް ކަމަށް މުޅި ރާއްޖޭގެ ރައްޔިތުންވެސް މިހާރު ޤަބޫލުކުރާނެ ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ކަންކަން މިސްރާބުން ކައްސާލާފައި އޮތްކަން
ތިމަރަފުށީ ދާއިރާއަށް އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ފަތުހުﷲ ޖަމީލް

މީގެ އިތުރުން ސަރުކާރުންވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަމުން ގެންދާ ކަމަކަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި އަދި މިސްރާބުން ކައްސާލައިގެން ދާނަމަ ސަރުކާރުން ޖަވާބުދާރީ ކުރުވުމުގެ ކަންކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަތުހުﷲ މިފަދައިން މާލިއްޔަތުގެ ވާހަކަ ދައްކަވާފައިވާއިރު، ދައުލަތުން މަސްވެރިންނަށް ދައްކަންޖެހޭ 280 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން މަސްވެރިން ގއ. ކޫއްޑޫގައި އަންނަނީ އަޑުއުފުލާ އިހުތިޖާޖު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް