ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 11:53
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ކެންސަރު ހޮސްޕިޓަލް
މާލެ ސަރަޙައްދުގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އަންދާސީ ހިސާބު ހުށަހަޅަން ވާނީ އިސްލާހު ކުރެވިފައިވާ ޓީ.އޯ.އާރ އަދި މަސައްކަތުގެ ސްކޯޕް އާއި އެއްގޮތަށް
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު

ގްރޭޓަރ މާލޭ އޭރިޔާގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގްރޭޓަރ މާލޭ އޭރިޔާގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތުގެ ސްކޯޕް އިސްލާހު ކުރެވިފައިވާ ކަމަށެވެ.

Advertisement

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަން ވާނީ އިސްލާހު ކުރެވިފައިވާ ޓީ.އޯ.އާރ އަދި މަސައްކަތުގެ ސްކޯޕް އާއި އެއްގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެނޫން ގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާތިލް ވާނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް