ކ. މާލެ
|
22 ފެބްރުއަރީ 2024 | ބުރާސްފަތި 09:39
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް
ފޭސްބުކް
އަނަސްގެ މަރުގެ މައްސަލަ
އަނަސްގެ މަރުގެ މައްސަލައިގެ ޙުކުމްކުރުމުގެ އަޑުއެހުން ކެންސަލް
 
އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ
 
މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 13 އޭޕްރީލް 2023 ގައި

ރ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:45 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވާފައިވަނީ 13 އޭޕްރީލް 2023 ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ޚުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާއި، ދައުވާ އުފުލި ސަބަބުގެ އިތުރުން، ކިތާބީ ހެކިތަކާއި ގުޅޭގޮތުން ފާހަގަ ކުރަން ހުރި ކަންކަމަށް އަލިއަޅުވާލާފައެވެ.

މިއީ މާލޭގައި ޙަރަކާތްތެރިވާ ދެ ގޭންގަކަށް ނިސްބަތްވާ ބަޔަކު ގުޅިގެން ހިންގި ޖަރީމާއެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަނަސްއަށް ޙަމަލާދިނީ މ އަސަރީހިޔާ ގެއިން ނުކުމެގެން ލިޓަސް ސަރވިސް ސެންޓަރަށް ގޮސް ކަމަށާއި، އެ ދެމެދުގައި ހިނގާފައިވަނީ 10 މިނެޓުކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލުންގެ ޚުލާސާ ބަޔާނަށް ބަލާއިރު، ދައުލަތުން ހުށައަޅާފައިވަނީ ޝައްކު އުފެދޭ ޤަރީނާތަކެއްކަމަށް ވަކީލުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް