ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 11:45
މެޗަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ޙިލާލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
މޮޅާއެކު އަލް ޙިލާލުން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފައި

ސައުދީ ޕްރޯ ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ޙިލާލުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި އޮތް އަލް ޙިލާލް އިން އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ އެލެކްސެންޑާ މިޓްރޮވިޗް އެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ ވެސް މިޓްރޮވިޗް އެވެ. އޭނާ އެ ލަނޑު ޖެހީ އަލް ޙިލާލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މިއީ ސާބިއާގެ ފޯވާޑް އަލް ޙިލާލަށް ޖަހައިދިން 28 ވަނަ ލަނޑެވެ. ފުލަމް ދޫކޮށް، އަލް ޙިލާލަށް ބަދަލުވެ އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ. މެޗުގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު، 52 ވަނަ މިނެޓުގައި ޖެހީ ޚަލީދޫ ކުލިބާލޭ އެވެ. މެޗުގައި އަލް ރައީދުގެ ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އާމިރު ސަޔޫދު އެވެ.

މޮޅާއެކު އަލް ޙިލާލުން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަަނަށް ކުޅުނު 20 މެޗުން 56 ޕޮޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް ނަޞްރަށް ލިބެނީ 49 ޕޮއިންޓެވެ. މި ސީޒަންގައި އަލް ޙިލާލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި ސީޒަންގެ ސައުދީ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

- ކޮމެންޓް