ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 13:44
ކުރީގެ ސާޓާ އެވޯޑް ހަފްލާއެއްގެ ތެރެއިން
ކުރީގެ ސާޓާ އެވޯޑް ހަފްލާއެއްގެ ތެރެއިން
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
ސާޓާ އެވޯޑް
ސާޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
 
މި އެވޯޑަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އެވޯޑެއް
 
މި އެވޯޑަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާ އެވޯޑަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި މި އެވޯޑް އިންތިޒާމްކުރަނީ ހައިރައިސުންނެވެ.

މި އަހަރުގެ ސާޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

2016 ވަނަ އަހަރު އިފްތިތާހުކުރި މި އެވޯޑަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އެވޯޑެކެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި އެވޯޑަކީ ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ސްޓޭކްހޯލްޑަރުން ބައިވެރިވާ އެވޯޑެކެވެ. މިއީ ސާޓާ އެވޯޑް ބާއްވާ 8 ވަނަ އަހަރު ކަމަށް ވާއިރު މި އެވޯޑް ދެނީ އެ ސިނާޢަތުގައި ޙަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ޖަޖްކޮށްގެންނެވެ. މި އެވޯޑަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް