ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 13:20
މުހައްމަދު އުމަރު މަނިކު
މުހައްމަދު އުމަރު މަނިކު
ރާއްޖެއެމްވީ
އެމްޔޫ މަނިކު އިސްތިއުފާދެއްވުން
އެމްޔޫ މަނިކުގެ އިސްތިއުފާ ބަލައިގަނެ އޭނާ މަޤާމުން ވަކިކުރިކަން އަންގައިފި
އެމްއޭސީއެލްގެ ޗެއާމަންގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ 2013 ވަނަ އަހަރު
އޭނާ އިސްތިއުފާ ހުށަހެޅުއްވީ މި މަހުގެ ކުރީކޮޅު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަންގެ މަޤާމުން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އިސްތިއުފާ ބަލައިގަނެ އޭނާ މަޤާމުން ވަކިކުރިކަން އަންގައިފިއެވެ.

އޭނާ އިސްތިއުފާ ހުށަހެޅުއްވީ މި މަހުގެ ކުރީކޮޅެވެ.

އޭނާ މަޤާމުން އިސްތިއުފާދެއްވާފައި މި ވަނީ އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހުގައެވެ. އޭނާ މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ ވީއައޭގައި އުސޫލާއި ޚިލާފަށް ކަންކަން ކުރަމުންދާ ކަމަށާއި ކުންފުނިން ވަކިކޮށްފައި ތިބި މީހުން އަނބުރާ މެނޭޖްމެންޓަށް ގެންނަ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެމްއޭސީއެލްގެ ޗެއާމަންގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ 2013 ވަނަ އަހަރު އެވެ. އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީއެވެ. އަދި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއަރމަންއެވެ.

- ކޮމެންޓް