ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 13:12
ވެލިދޫ ޖޫނިއަރ ކޮލެޖް
ވެލިދޫ ޖޫނިއަރ ކޮލެޖް
އެމްޓީސީސީ
ވެލިދޫގެ ޚިދުމަތްތައް
ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ ކޮލަމް ކޮންކްރީޓް މަސައްކަތް އެބަ ކުރިއަށްދޭ - އެމްޓީސީސީ
މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެއް

ނ. ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކޮލަމް ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި އިމާރާތުގެ ތެރޭގައި އެއް ލައިބްރަރީއާއި ދެ ކްލާސް ރޫމާއި އެއް އައިސީޓީ ލެބާއި ދެ ވޯކްޝޮޕް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް