Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 13:07
ވަޒީރު އާދަމް ނަސީރު
ވަޒީރު އާދަމް ނަސީރު
ރާއްޖެއެމްވީ
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބްސައިޓު އައުކޮށްފި
ވުޒާރާގެ މަސައްކަތްތަކާ ބެހޭ ޚަބަރުތައް ވެސް  https://mdlch.gov.mv/ މެދުވެރިކޮށް ލިބޭނެ

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބްސައިޓު އައުކޮށްފިއެވެ.

އެ ވެބްސައިޓް އަލުން ހުޅުވާފައިވާއިރު މިއީ ރާއްޖޭގެ މާއްދީތަރިކައާއި މާނާވީ ތަރިކައާ ބެހޭ މައުލޫމާތު ހިމެނޭނެ ވެބްސައިޓެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތުތަކުގެ އޯޑިއޯ އާއި ވީޑިއޯވެސް ތަޖުރިބާކޮށްލެވޭނެއެވެ.

Advertisement

މި ވެބްސައިޓް މެދުވެރިކޮށް އުސްތާޛު މުޙައްމަދު ޖަމީލުގެ އަޑުފުޅުން ރެކޯޑުކުރެވިފައިވާ ކީރިތި ގުރްއާނުގެ ތަރުޖަމާ ލިބޭނެއެވެ. އަދި ކީރިތި ރަަސޫލާގެ ސިޔަރަތާއި ނައިފަރު ދޮހޮއްކޮއާއި ރަތް ނިޒާރުގެ އަޑުން ކިޔާފައިވާ ރައިވަރު އަޑު އަހާލެވޭނެއެވެ. ހަމައެހެންމެ އިލްމީ ބައެއް ވެބްސައިޓްތަކަށް ވަދެވުމުގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އުތީމު ގަނޑުވަރު އަދި ހުކުރު މިސްކިތު މުންނާރު ފަދަ ތަންތަން ތްރީޑީކޮށް ބަލައިލެވޭނެއެވެ.

ވުޒާރާގެ މަސައްކަތްތަކާ ބެހޭ ޚަބަރުތައް ވެސް  https://mdlch.gov.mv/ މެދުވެރިކޮށް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް