ޑްރަގް އެންފޯސްމަންޓްގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ހޯދަމުން ދަނީ މުޙައްމަދު އަކްރަމް ޢަބްދުލްޙަންނާން، ގދ. ހޯނޑެއްދޫ / ދޯދި، (34އ)އެވެ.
ފުލުހުން ބުނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މީހާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އޭނާ ހާޒިރުކުރަނީމައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށެވެ.
އޭނާ އަށް ސާޖަންޓް އާދަމް ޙަލީމް އިންވެސްޓިގޭޝަން ބިލްޑިންގއަށް 2024 ފެބްރުއަރީ 29 ވަނަ ދުވަހުގެ 14:00އަށް ހާޒިރުވާން އަންގާފައިވެއެވެ.