Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 12:29
ލިތުއޭނިއާ - ރާއްޖެ
ލިތުއޭނިއާ - ރާއްޖެ
ރައީސް އޮފީސް
ލިތުއޭނިޔާގެ 'ޑޭ އޮފް ރެސްޓޯރޭޝަން'
ލިތުއޭނިޔާގެ 'ޑޭ އޮފް ރެސްޓޯރޭޝަން' ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ، އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފި
ލިތުއޭނިޔާ އަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި

ލިތުއޭނިޔާގެ 'ޑޭ އޮފް ރެސްޓޯރޭޝަން' ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ވަނީ ލިތުއޭނިޔާގެ ރައީސް ގިތާނަސް ނޯސެއަޑާއާއި އެޤައުމުގެ ބޮޑުވަޒީރު އިންގްރިޑާ ސިމޮނީޓޭއަށް ވަކިވަކިން ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައި ކަމަށެވެ.

Advertisement

އަދި ރައީސުލްޖުމްހޫރިއްޔާގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ލިތުއޭނިޔާ އަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް