ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 22:18
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
ރާއްޖެއެމްވީ
ގެދޮރުވެރިޔާ މަޝްރޫއު
މި ސަރުކާރު މޮޅީ، މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ނިގުޅައިގަތުމަށް: މެންބަރު ޔައުގޫބް
 
ޔައުގޫބް ވިދާޅުވީ މި ސަރުކާރުގެ މިވީހާތަނަށް އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ކަމަށާއި، ފެނުނީ މަޝްރޫއުތައް ހިންގާނެ ކަމަށް ބުނާ މަންޒަރު ކަމަށް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު މޮޅީ، މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިގުޅައިގަންނަން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔައުގޫބް ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޔައުގޫބް ވިދާޅުވީ މި ސަރުކާރުގެ މިވީހާތަނަށް އެއްވެސް މަޝްރޫއެއް ހިންގާފައިނުވާ ކަމަށާއި، ފެނުނީ މަޝްރޫއުތައް ހިންގާނެ ކަމަށް ބުނާ މަންޒަރު ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކާ މި ސަރުކާރު ތަފާތުވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ޔައުގޫބް ވިދާޅުވީ، މި ސަރުކާރުން ފެންނަނީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެ ބޭފުޅުން އަނެއް ބޭފުޅުންނާ ބައްދަލުކުރައްވާ މަންޒަރު ކަމަށެވެ.

އަޅުގަނޑަށް ފެންނަ އެއް މަންޒަރުން އެއީ ކުރީގެ ސަރުކާރުތަކާ ތަފާތު އެއް ކަންތައް އެބަ ފެނޭ. މިނިސްޓަރަކު ބައްދަލުކޮށްފާނެ ކުންފުނީގެ އެމްޑީއަކާ. ކުންފުންޏެއްގެ އެމްޑީއަކު ބައްދަލުކޮށްފާނެ ދެން އެހެން ކުންފުންޏެއްގެ އެމްޑީއަކާ. ނޫނީ އެޑްވައިޒަރަކު ބައްދަލުކޮށްފާނެ ރައީސުލްޖުމްހޫރިއްޔާއާ. މުޅިން ވެސް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން، އެއް ބޭފުޅުން އަނެއް ބޭފުޅުންނާ ބައްދަލުކޮށް، އެ ބައްދަލުވުންތަކުގެ ވާހަކަ ޚަބަރުތަކުގައި އަޅުގަނޑުމެންނަށް ފެންނަނީ
ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ

މި ސަރުކާރުން ފެންނަ އިތުރު "އާދަޔާ ޚިލާފު ކަމެއް" ގޮތުގައި ފާހަގަ ކުރައްވަމުން ޔައުގޫބް ވިދާޅުވީ، ސަރުކާރުގެ އިސް މަގާމެއް ބޭފުޅަކަށް ދެއްވައިފި ނަމަ، އެ ބޭފުޅަކާ އާއިލީ ގޮތުން ގުޅުން އޮންނަ ކޮންމެވެސް އެހެން ބޭފުޅަކަށް މަގާމެއް ދެއްވުން ކަމަށެވެ.

އެގޮތުން އެފަދަ 25 ވަރަކަށް "ޖޯޑު" މި ސަރުކާރުގެ އެކި މަގާމުތަކުން ފެންނާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި މި ސަރުކާރު މޮޅީ އެފަދަ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމާއި މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ބޯހިޔާވަހިކަން ނިގުޅައިގަތުމަށެވެ.

ޔައުގޫބް އެފަދައިން ވިދާޅުވިއިރު، ގެދޮރުވެރިޔާގެ މަޝްރޫއާ ގުޅިގެން މިދިޔަ ސަރުކާރުން ދިން 4،000 ފްލެޓްގެ މައްސަލަ މި ސަރުކާރުގެ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހިފަހައްޓާފައި އޮންނަތާ ވަރަށް ދުވަސްވެއްޖެއެވެ.

އެގޮތުން އޭސީސީން ބަލަމުންދިޔަ މައްސަލަ ނިންމައި، އެ ފްލެޓްތަކުގެ ތެރެއިން ހައްގުވަނީ 20 ޕަސެންޓް މީހުން ކަމަށް ކަނޑައަޅައި، އެ މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން އިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!
ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް
މި ސަރުކާރުގެ ނިޔަތް ރަނގަޅުނަމަ ފްލެޓް ލިސްޓާ ދޭތެރޭގައި އެގޮތަށް ކަންނުކުރާނެ - މީކާއީލް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގޭ، އެކަމުގެ ނޭދެވޭ އަސަރު ގައުމުން ދަނީ ފެންނަމުން: މެންބަރު ޔައުގޫބް
ގުޅިފަޅު، އުތުރުތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް3 މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމަނާދެއްވުމަށް އާޒިމް އަނެއްކާވެސް ރައީސްގެ އަރިހުން އެދިވަޑައިގަންނަވައިފި