ކ. މާލެ
|
15 ފެބްރުއަރީ 2024 | ބުރާސްފަތި 09:06
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށް ދަނީ
ރާއްޖެ އެމްވީ
މަޖިލިސް އިންތިޚާބު 2024
ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
 
އެ ފުރުސަތު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާއި ހަމައަށް
 
މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ރަޖިސްޓަރީ ކުރި ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ނަމަ އެފަދަ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މައުލޫމާތު މިހާރު ހާމަކޮށްފައެވެ. އެ ކޮމިޝަނުން އެ މައުލޫމާތުތައް ހާމަކުރުމަށް އާއްމުކުރި ލިސްޓުގައި 4،651 މީހެއްގެ ނަން ހިމެނެއެވެ. އެ ފަރާތްތަކަށް އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލާފައިވެއެވެ.

އެ ފުރުސަތު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 އާއި ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، އެ ކޮމިޝަނުން ނެރުނު ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ. އެކަމަށްޓަކައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަންޖެހޭނީ އޮންލައިންކޮށް އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. މާލެ ނޫން އެހެން ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މާލޭގައި ނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް