ކ. މާލެ
|
14 ފެބްރުއަރީ 2024 | ބުދަ 18:37
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި
އަމްނާ އިމާދު
މަޖިލިސް އިންތިޚާބު
20 ވަނަ މަޖިލިސް އިންތިޚާބަށް 381 ކެންޑިޑޭޓުން ކުރިމަތިލައިފި
 
381 ފޯމު އީސީއަށް ލިބިފައިވާއިރު، މިއީ މީގެ ކުރީގެ މަޖިލިސް އިންތިޚާބުތަކާ އަޅާބަލާއިރު މަދު އަދަދެއް

އަންނަ މަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 381 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ބުދަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ބަންދުވެފައެވެ. އެހެންކަމުން އެ އިންތިޚާބަށް ކުރިމަތިލުމަށް އީސީއަށް ލިބުނު ފޯމުތަކުގެ އަދަދުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު 381 ފޯމު ލިބިފައިވާކަމަށެވެ.

އެހެން ނަމަވެސް އެ ފޯމުތަކަކީ ޖުމްލަ 93 ދާއިރާގެ ކެންޑިޑޭޓުންގެ ފޯމުކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އެ ފޯމުތަކުގެ އަދަދު ޔަގީންވާނީ ޝަރުތު ހަމަނުވާ ފޯމުތައް އީސީން ބާތިލުކުރުމަށްފަހު ކަމަށެވެ. އެގޮތުން އަންގާރަ ދުވަހު ހުށަހެޅުނު ފޯމުތައް އީސީއަށް ޕްރޮސެސް ކުރެވޭނީ ބުދަ ދުވަހު ކަމަށާއި، ބުދަ ދުވަހު ހުށަހެޅުނު ފޯމުތައް ޕްރޮސެސްކޮށް އެ ފޯމުތަކުގެ ޖަވާބު ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ދޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެން ކަމުން ޖުމްލަ ފޯމުތަކުގެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.

މި އިންތިޚާބުގައި 381 ފަރާތެއްގެ ފޯމު އީސީއަށް ލިބިފައިވާއިރު، މިއީ މީގެ ކުރީގެ މަޖިލިސް އިންތިޚާބުތަކާ އަޅާބަލާއިރު މަދު އަދަދެއްގެ ފޯމުތަކެކެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި 400އާ 500އާ ދެމެދުގެ ފޯމުތައް އީސީއަށް ހުށަހަޅައެވެ.

އަންނަ މަހުގެ 17ގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ވަނީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މި އިންތިޚާބުގައި 284،337 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް