Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 17:33
އެމްޑީީޕީގެ ރައީސް ޞޯލިޙް އަދި ޗެއާޕާސަން ފައްޔާޒް
އެމްޑީީޕީގެ ރައީސް ޞޯލިޙް އަދި ޗެއާޕާސަން ފައްޔާޒް
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އެ މަގަމާށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ 20 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން މި ފުރުސަތު ހުޅުވާލައިފައިވަނީ، އެމްޑީޕީގެ ރައީސް ކަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފައްދަވައި، އެ ޕާޓީއަށް ބަދަލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށެވެ. ރައީސް ނަޝީދު ވަޑައިގެންނެވި ފަހުން، އެ ޕާޓީގެ ވަގުތީ ރައީސަކަށް ހުންނަވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްއެވެ.

Advertisement

އެގޮތުން އެމްޑީޕީން ނެރުނު ބަޔާނެއްގަިއ ބުނީ، އެ ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބު މި އަންނަ މާރިޗު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެހެން ކަމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ މަގަމާށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ 20 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށެވެ.

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު އަދިގޫގުލް ފޯމްފުރިހަމަކޮށް ހުށަހެޅުމަށް އެ ޕާޓީން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް