ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 15:03
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ
ޕޮސިސްޓް
މާރިޔާގެ ފާޑުކިޔުން ސަރުކާރަސް
ސަރުކާރުން ވީ ވައުދުތައް ވެގެން ދަނީ ކަދުރު އަލީގެ ނަދުރަށް - މާރިޔާ
 
ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީ އަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީ އެއް ދިނުން މުހިންމުކަމަށް އޭނާ ވިދާޅުވި
 
މި ސަރުކާރާއި ޚިލާފަށް އެމްޑީޕީގެ ސަރުކާރުތަކުން އަބަދުވެސް ވައުދު ފުއްދާނެ ކަމަށް އޭނާ ވިދާޅުވި

މި ސަރުކާރުން ވީ ވައުދުތައް ވެގެން ދަނީ ކަދުރު އަލީގެ ނަދުރު ފަދަ އެއްޗަކަށް ކަމަށް ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި އެމް.ޑީ.ޕީ.ގެ ކުރީގެ ޗެއަރޕަރސަން  މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެނޑިޑޭޓުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯރމް ހުށަހެޅުމަށް ފަހު "ރާއްޖެޓީވީ" އަށް ދެއްވި ބަސްތީގަތުމެއްގައި މާރިޔާ ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަކީ އެމްޑީޕީ އަށް ވަރަށް މުހިންމު އިންތިޚާބެއް ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެން، ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވާހަކަތައް މިހާރު ސަރުކާރުން ނުދައްކާ ވާހަކައަކަށް ހަދަމުންދާ ކަމަށާއި އެއީ ސަމާސާ ވާހަކަތަކަކަށް ހަދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރާއި ޚިލާފަށް އެމްޑީޕީގެ ސަރުކާރުތަކުން އަބަދުވެސް ވައުދު ފުއްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ ވައުދު ފުއްދާ ޕާޓީ އެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުއުމިނެއް ގަޔަކަށް ދެ ފަހަރަކު އެއް ހަރަކުން ކަށްޓެއް ނުޖަހާނެއޭ ބުނާހެން، އަޅުގަނޑުމެން މި ފަހަރު މި ނުކުންނަނީ އަޅުގަނޑުމެންނަކީ ވައުދުވާން ކެރޭ ވައުދު ހިފަހައްޓާ ވައުދު ފުއްދާ ޕާޓީއެއް. މިހާރުވެސް ފެންނަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހުއްޓިފަ ހުރިތަން.
މާރިޔާ

މާރިޔާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ދާދިފަހުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކުޑަކޮށްފައިވާތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. މަސްވެރިންނަށް ފައިސާ ނުލިބުމަކީ މުޅި ރަށުތެރެއަށް އަދި ގައުމަށް އެކަމުގެ އަސަރުކުރާނެ ކަމެއް ކަަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުމަށް އެމްޑީޕީ އަށް މަޖިލީހުގެ ރަނގަޅު މެޖޯރިޓީ އެއް ދިނުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ ޖަވާބުދާރީކުރަން ފަރިތަ ޕާޓީ އެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް