ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ކުރި އިއުލާނެއްގައި ބުނީ، ހަފްތާ 14 ގެ މަގުޗާޓާއި އެއްގޮތައް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެއްކަމަށެވެ.
އެހެންކަމުން މި ވަޢުދުފުޅާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެ ވުޒާރާގެ ފަރާތުން އެކުލަވާލައި މި ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.
ވީމާ މި ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ސިމްސް ޕޯޓަލް އިން މިކަމަށް ހާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.